Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 02:55
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި
ރާއްޖެއެމްވީ
ފ. އަތޮޅު ވިއްކުން ހުއްޓުވުން
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
ފ. އަތޮޅު ވިއްކާލަނީ "އަނދިރީގައި"
މިއީ މުޖިރިމު ސަރުކާރެއް، ގުންޑާއިންގެ ސަރުކާރެއް، ވަގުންގެ ސަރުކާރެއް:އިމްތިޔާޒު
ފައިސާ ފޮއްޗެއް ލިބިވަޑައިގެންފިއްޔާ ރައީސް ޔާމީން ހިތްޕަވާނެ:އިބޫ

ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ފެތުރިފައިވާއިރު، މި ސަރުކާރުން ގާނޫނާ ހިލާފަށް ވިއްކާ ބިންތައް އަނބުރާ ދިވެހިރައްޔިތުންނަށް ހޯދައިދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން އަންގާރަ ދުވަހުގެ ރޭ ގަރާރެއް ފާސްކޮށްފި އެވެ. 

 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 151 ވަނަ ބައްދަލުވުމުގައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ  ފ. އަތޮޅުގެ މުއާމަލާތުގައި ސިއްރުތަކެއް އެކުލެވޭ ކަމަށާއި އެއީ ފ. އަތޮޅު ވިއްކާލުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. މި ސަރުކާރުން ކުރާ ކަންކަމުގައި އަބަދުވެސް ހިމެނެނީ ކޮރަޕްޝަން ކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހިނދު، އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ހުރިހާ މުއާމަލާތްތައް ބާތިލުކޮށް، ދޫކޮށްފައިވާ ބިންތައް އަނބުރައި ރައްޔިތުންނަށް ހޯދައި ދޭނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. މި ގަރާރު ފާސްވީ 42 މެމްބަރުންގެ ވޯޓުންނެވެ. 

 

މާބްލް ހޮޓެލްގައި ބޭއްވި ގައުމީ މަޖިލީހުގެ މި ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހެވެ.

 

އުބޫ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާ، އަދި އެދޭ ކަމެއް ނޫންކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ދިވެހިރައްޔިތުންގެ ވިންދާ އެއްގޮތަށް މަަސައްކަތްކުރާ ޕާޓީއެއް ކަމަށާއި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. ރާއްޖެ ބިންތައް ވިއްކުން ހުއްޓުވުމަށްޓަކައި ގާނޫނު އަސާސީ އަށް އިސްލާހު ގެންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ފ. އަތޮޅުގެ މުއާމަލާތް ހިންގަމުން ދަނީ "އަނދިރީގައި" ކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ "ރައީސް ޔާމީނަކީ ފައިސާ ފޮއްޗެއް ވެއްޖިއްޔާ އޭގައި ހިތްޕަވާނެ ބޭފުޅެއް" ކަމަށެވެ. ފ. އަތޮޅުގެ މުއާމަލާތުގައި ކޮރަޕްޝަނާއި ފަސާދަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިކަމާމެދު ފިޔަވަޅު ނާޅައި ތިބެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރާއްޖޭން ބިމުގެ އެންމެ ތަންކޮޅެއް ވެސް ވިއްކަން ޖެހޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ "މިއީ މުޖިރިމު ސަރުކާރެއް، ގުންޑާއިންގެ ސަރުކާރެއް، ވަގުންގެ ސަރުކާރެއް،" ކަމަށާއި މި ސަރުކާރަށް ރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ވިއްކުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.

ފ. އަތޮޅު ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވި އެވެ. ފ. އަތޮޅު ސަލާމަތްކުރަން މުޒާހަރާ ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ވެރިކަމުގައި ވެސް ރާއްޖޭގެ 29 ރަށެއް ގަތުމަށް ޗައިނާއިން ހުށަހެޅި ކަމަށާއި ނަމަވެސް، ރާއްޖެއަކީ "ޗައިނާ ޓައުން" އަކަށް ހަދަން ރައީސް ނަޝީދު ބޭނުންފުޅު ނުވި ކަމަށް ޝިފާޒު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް