ކ. މާލެ
|
3 ޖޫން 2019 | ހޯމަ 22:53
ލަންކާގެ މުސްލިމުން ގިނަ ކެންޑީގައި ބަޔަކު ހަޅުތާލުކުރަނީ
ލަންކާގެ މުސްލިމުން ގިނަ ކެންޑީގައި ބަޔަކު ހަޅުތާލުކުރަނީ
ރާއްޖެއެމްވީ
މުސްލިމް މިނިސްޓަރުން އިސްތިއުފާ ދިނުން
ސްރީ ލަންކާގެ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެނީ!
 
އިސްތިއުފާ ދިނަސް މިނިސްޓަރުން ތިއްބަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި

އަވައްޓެރި ސްރީލަންކާގެ ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދޭން ނިންމައިފިއެވެ.

ލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޕްރިޒަން ރީފޯމްސް، ރައޫފް ހަކީމް ވިދާޅުވީ، ވަރަށް ގިނަ ސަބަބުތަކަކާ ހުރެ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މިނިސްޓަރުން އިސްތިއުފާ ދޭން ނިންމާފައި ވާ ކަމަށެވެ. ރައޫފް ވިދާޅުވީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިޔަސް މިނިސްޓަރުން ތިއްބަވާނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ކަމަށެވެ.

ލަންކާގެ މުސްލިމް މިނިސްޓަރުންނާއި އިސް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭން ނިންމާފައި މި ވަނީ އެ ގައުމުގައި ހާމުދުރުންގެ ވަރުގަދަ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ. އެ ގޮތުން ކެންޑީގައި ހާމުދުރުން ދަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. އެ ހަޅުތާލާ ގުޅިގެން އެ ސަރަހައްދުގެ ދެ ގަވަރުނަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިދިޔަ މާރޗު މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުސްލިމުންނާ މެދު އެ ގައުމުގައި ދެކޭ ގޮތް ވަނީ ބަދަލުވެފައެވެ. އެ ހަމަލާގައި ބައިވެރިވެފައި ވަނީ ހަރުކަށި ފިކުރުގެ މުސްލިމުން ކަމަށްވާއިރު އެހަމަލާގެ ޒިންމާ އުފުލާފައި ވަނީ ވެސް އިސްލާމިކް ސްޓޭޓްސް (އައިސިސް) އިންނެވެ.

މި ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 ވަރަކަށް މީހުން ޒަހަމްވެފައި ވެއެވެ.

ލަންކާގައި 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
13%
13%
75%
0%
0%
ކޮމެންޓް
5 ޖޫން 2019 | ބުދަ 15:44
ނަސީބު
ވަރަށް ދެރަ ޚަބަރެއް. މުސްލިމުންނާ ހާމުދުރުން ދިމާ ކުރުމުގެ އެއްވެސް ސަބަބަކީ ކޮބާ. އަނިޔާ ލިބުނީ ކްރިސްޓިއަނުންނަށް.