ކ. މާލެ
|
3 ޖޫން 2019 | ހޯމަ 20:49
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކްލަބް
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކްލަބް
އެފްއޭއެމް
އެފްއޭއެމް ފުޓްސަލް ކަޕް
އެފްއޭއެމް ފުޓްސަލް ކަޕް: ފިރިހެން ޗެމްޕިއަންކަން ޕޮލިސް ހޯދިއިރު، އަނެހްން ޗެމްޕިއަންކަން ބީޖީ ހޯދައިފި
ފިރިހެން އަދި އަންހެން ބައިގެ ފައިނަލުންވެސް ސިފައިން ވަނީ ބަލިވެފައި

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި އެފްއޭއެމް ފުޓްސަލް ކަޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ސިފައިންގެ ކްލަބާ ވާދަކޮށް 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ޕޮލިސްގެ އަލީ ރިޝްވާން އާއި އަލީ މުނާޒް ދެ ލަނޑު ޖަހާފައިވާއިރު، ނިޝާދު އަލީ ވެސް ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގައި ސިފައިންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ ރިޝްވާންއެވެ.

ފިރިހެން ބައިގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހުގެ ރިޝްވާން އަދި ނިޝާދުގެ އިތުރުން ސިފައިންގެ ހަސަން ފަވާޒް އާއި ހުޝާމް އިބްރާހިމްއެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ޕޮލިހުގެ އިބްރާހިމް އައްސަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިހުގެ ހަސަން ހަމީދުއެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ބީޖީން ހޯދީ ފައިނަލުގައި ސިފައިންނާ ވާދަކޮށްގެންނެވެ. މި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ނަތީޖާ ނެރިފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ބީޖީން ވަނީ ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުން ސިފައިން ބަލިކޮށްފައެވެ.

އަންހެން ބައިގެ ޑްރީމް ޓީމުގައި ހިމެނުނީ ސިފައިންގެ ފަދުވާ ޒާހިރު އާއި މަރިޔަމް ރިފާ އާއި ބީޖީގެ ފާތިމަތު ސާލިޔާ އަދި އާމިނަތު ޝާމިލާއެވެ. މި ބައިގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ބީޖީގެ އިޝާރަތު ހަމީދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބީޖީގެ އަހުމަދު ވިޝާލްއެވެ.

ފިރިހެން 20 ޓީމު އަދި އަންހެން ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ ޓީމަށް ދީފައި ވަނީ 25،000ރ. އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް