ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 11:42
ޔަހޫދީން އަޤްޞާ މިސްކިތް ތެރެއަށް ވަންނަން ވަނީ ހުއްދަ ދީފަ
ޔަހޫދީން އަޤްޞާ މިސްކިތް ތެރެއަށް ވަންނަން ވަނީ ހުއްދަ ދީފަ
އަލްޖަޒީރާ
ފަލަސްތީން- ޔަހޫދީން އަގްސާ މިސްކިތައް ވަދުން
އިސްރާއިލް ސިފައިން އަޤްޞާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގައިފި
މިސްކިތަށް ވަނީ ޖެރުސެލަމް ޑޭ ފާހަގަ ކުރަން
މުސްލިމުންގެ ގަޔަށް ޕެޕާ ސްޕްރޭ އާއި ކަރުނަގޭސް ޖެހި

އިސްރާއިލް ސިފައިންނާއި ޔަހޫދީން، އަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ ހަމަނުޖެހުން ހިނގައިފިއެވެ.

މުސްލިމުންގެ ތިން ވަނަ މުގައްދަސް ބިން ކަމުގައިވާ އަޤްޞާ މިސްކިތުގެ ތެރެއަށް ވަނުމަށް ފަހު މިސްކިތުގައި ތިބި މުސްލިމުންނަށް އެ މީހުން ވަނީ އަނިޔާ ކޮށްފައެވެ. އެގޮތުން، މިސްކިތުގައި ތިބި މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، ރަބަރު ވަޒަން ބޭނުންކޮށްފައި ވެއެވެ. އަދި ފަލަސްތީނުގެ ހަތް މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ ސިއްހީ އެހީތެރިއަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މުސްލިމުންގެ ތެރެއިން އެކެއްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ. އަދި ދެން ތިބި މީހުންނަށް ވަނީ ކަރުނަ ގޭހުގެ ސަބަބުން އުނދަގޫވެ އެކަމަށް ފަރުވާ ހޯދާފައެވެ.

ޔަހޫދީން އަޤްޞާ މިސްކިތަށް ވަނުމުގެ ހުއްދަ ދީފައިވަނީ އިސްރާއިލުން ފާހަގަ ކުރާ "ޖެރުސަލެމް ޑޭ" ފާހަގަ ކުރާށެވެ. މިއީ 30 އަކަށް އަހަރު ފަހުން ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ޔަހޫދީން އެ މިސްކިތަށް ވަން ފުރަތަމަ ފަހަރެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މިފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް އިސްރާއިލުން ފަލަސްތީނާ އެކު އެއްބަސްވުމެއް ވެފައި ވީނަމަވެސް އެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވެފައިވާ ކަމަށް ބުނެ އަޤްޞާ މިސްކިތުގެ ޑައިރެކްޓަރ އުމަރު އަލް ކިސްވާނީ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ޔަހޫދީން ވަނީ އެ މީހުން، އަޤްޞާ މިސްކިތުގެ ތެރެއަށް ވަނުމުގެ ހުއްދަ ދޭން ބުނެ މިސްކިތުގެ ބޭރުގައި އަޑު އުފުލާފައެވެ. އެ މީހުން މިސްކިތައް ވަންނަން ހުއްދަ ދިނުމުން، މުސްލިމުންނަށް އަމާޒުކޮށް އަތު ބޮމާއި ކަރުނަ ގޭހުން ހަމަލާ ދޭން ފެށުމުގެ ކުރިން ފަލަސްތީނުގެ މުސްލިމުން ވަނީ މިސްކިތަށް ވަންނަ ސަރަހައްދާއި ދިމާލަށް ގޮނޑި ފަދަ ތަކެތި އުކާފައެވެ.

ފަލަސްތީނުގެ ސިޔާސީ ޕާޓީތަކުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.

ޖެރުސަލެމް ޑޭއަކީ 1967 ގެ ހަ ދުވަހުގެ ހަނގުރާމައަށް ފަހު އިޒްރާއީލްގެ ދަށަށް އޯލްޑް ސިޓީ ގެނައުން ފާހާގަކުރާ ދުވަހެވެ. އިޒްރާއީލުން އެ ދުވަސް ފާހަގަކުރަނީ ގައުމީ ބަންދު ދުވަހެއްގެ ގޮތުގައެވެ.

- ކޮމެންޓް