ކ. މާލެ
|
1 މާރޗް 2017 | ބުދަ 00:16
ވެލެންސިއާ ކޮޅަށް ދެ ލަނޑު ޖެހި ޖޭޖޭ
ވެލެންސިއާ ކޮޅަށް ދެ ލަނޑު ޖެހި ޖޭޖޭ
ގޯލް.ކޮމް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
 
ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގޮޑްފްރޭ ވެސްޓް އޮމޫޑޫ
 
މޯހަން ބާގަން ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފަ
 
ވެލެންސިއާ އަށް މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ވަނީ ގެއްލިފަ

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މޯހަން ބާގަން އަތުން ބަލިވެ، ރާއްޖޭގެ ކްލަބް ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ވެލެންސިއާއާ ވާދަކޮށް މޯހަން ބާގަން އިން ކާމިޔާބުކުރީ 1-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ކަލްކަތާގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި މޯހަން ބާގަން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ޖޭޖޭއެވެ.

މި ލަނޑަށް ފަހު ވެސް މޯހަން ބާގަން އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބިފައެވެ. އެގޮތުން ޖޭޖޭ އަށް ލިބުނު ފުރުސަތުތައް ވެސް ހިމެނެއެވެ. މޯހަން ބާގަން އިން މެޗުގެ ލީޑު ނެގީ 45 ވަނަ މިނެޓުގައި ވެލެންސިއާގެ ހުސެއިން ނިހާން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ފުރަތަމަ ހާފް ނިމުނީ މޯހަން ބާގަންގެ މޮޅު ކުޅުމާއެކު 0-2 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ މޯހަން ބާގަން އެވެ. އެހެންނަމަވެސް މޯހަން ބާގަން އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ވެލެންސިއާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮޑްފްރޭ ވެސްޓް އޮމޫޑޫ އެވެ.

ޖުމްލަ 4،250 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި މޯހަން ބާގަން އިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް ޖޭޖޭ އެވެ. މި ލަނޑު އޭނާ 82 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މޯހަން ބާގަން އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އަދި ފަހު ލަނޑު ކާމިޔާބުކޮށްދިނީ ސޮނީ ނޯޑް އެވެ.

މި ނަތީޖާއާއެކު ވެލެންސިއާ އަށް މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެންނަމަވެސް މޯހަން ބާގަން ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް