ކ. މާލެ
|
2 ޖޫން 2019 | އާދީއްތަ 12:22
ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު
ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު
ގެޓީ އިމޭޖަސް
ޑޮނަލްޑް ޓްރަމްޕް
އިނގިރޭސިވިލާތުން ތިބެންވާނީ އީޔޫން ވަކިވާން ތައްޔާރަށް: ޓްރަމްޕް
ނައިޖެލް ފަރާޖް އައްޔަން ކުރެއްވުން ބުއްދިވެރިވާނެ ކަމަށް ވިދާޅުވި
ބޮރިސް ޖޮންސަން އަކީ ބޮޑު ވަޒީރުކަމަށް އައްޔަން ކުރަން އެކަށީގެންވާ މީހެއް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު އިނގިރޭސިވިލާތައް އިންސާފުވެރި އެއްބަސްވުމަކަށް އާދެވެން ނެތް ކަމުގައިވަނީނަމަ ރަނގަޅު ގޮތަކީ އީޔޫއިން ވަކިވުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، އެމަނިކުފާނު މިއަންނަ ހޯމަ ދުވަހު އިނގިރޭސި ވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި ބެހޭގޮތުން ސަންޑޭ ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މީގެ އިތުރުން، އިނގިރޭސި ވިލާތާއި އީޔޫ އާއި ދެމެދު މަޝްވަރާތައް ކުރެއްވުމަށް އެ ގައުމުގެ ބްރެކްސިޓް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް އައްޔަން ކުރެއްވުން ބުއްދިވެރިވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ނައިޖެލް އަކީ ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާއަށް ތައުރީފު ކުރެއްވުމަށްފަހުއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ ބޮރިސް ޖޮންސަން އަކީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމަށް އައްޔަން ކުރަން ވަރަށް އެކަށީގެންވާ ބޭފުޅެއްކަން ފާހަގަކުރެއްވުމަށްފަހުއެވެ.

ބޭނުންވާ ގޮތަށް ކަމެއް ނުވާނަމަ، ބޭނުންވާ އިންސާފުވެރި ގޮތަށް ކަމެއް ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމެއް ދޫކޮށްލުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަށް ކޮށްފައިވާ 49 ބިލިއަން ޑޮލަރުގެ ބްރެކްސިޓް "ޑިވޯރސް" ޖޫރިމަނާ ދައްކަން ނުޖެހޭނެއެވެ.

އަޅުގަނޑަކީ އެބޭފުޅުންނަމަ 50 ބިލިއަން ޑޮލަރުގެ އެ ޖޫރިމަނާއެއް ނުދައްކާނަން، އެއީ ވަރަށް ބޮޑު އަދަދެއް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އިނގިރޭސި ވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ފުރަތަމަ ދުވަހު، އެގައުމުގެ ރާނީ އެލިޒަބަތް އާއެކު މެންދުރުގެ ފަރިއްކުޅުއްވުމެއްގައި ޓްރަމްޕް ބައިވެރިވެލައްވަން ވަނީ ހަމަޖެހިފައެވެ. އަދި ވޭލްސްގެ ޕްރިންސާއި ކޯންވޯލްގެ ޑަޗެސް އާއެކު ސައިފޮދެއްގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

- ކޮމެންޓް