ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 22:36
ަކަރީނާ ކަޕޫރު
ަކަރީނާ ކަޕޫރު
ގޫގުލް
ބޮލީވުޑް
ޓީވީ ޝޯއެއްގެ އެންމެ އަގުބޮޑު ތަރިއަކަށް ކަރީނާ
މި ޝޯ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ގައި

ފުރަތަމަ ފަހަރަށް ޓީވީ ޝޯއެއްގެ ޖަޖުކަން ކުރުމަށް ބޮލީވުޑް އެކްޓަރ ކަރީނާ ކަޕޫރު ވަނީ އެއްބަސްވެފައެވެ.

ރިއަލިޓީ ޝޯ "ޑާންސް އިންޑިއާ ޑާންސް" ގެ ފަނޑިޔާކަން ކޮށްދޭން ކަރީނާ އެއްބަސްވެފައިވާ އަގަކީ މިހާތަށް އަންހެން ތަރިއަކު ޝޯއެއްގައި ނުކިޔާވަރުގެ ބޮޑު އަގެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމާ ގުޅޭ ގޮތުން ކަރީނާ ބުނެފައި ވަނީ ފިރިހެން ފަނޑިޔާރުންނަށް ބޮޑު އަގެއް ދޭއިރު އަންހެނުންނަށް ވެސް އެވަރު ލިބެންޖެހޭނެ ކަމަށެވެ. އަދި އޭނާއަށް އެ ލިބެނީ ހޭދަކުރާ ވަގުތާ އަޅާބަލާއިރު ލިބެންޖެހޭ އުޖޫރައެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

އަށް ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރަން އުނދަގޫ ކަމަށާއި އެއީ ދަރިފުޅު ތައިމޫރު ހުރުމުން ކަމަށް "މިޑް ޑޭ" ގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކަންދިމާވާ ގޮތަކުން 12 ގަޑިއިރު މަސައްކަތް ކުރަންޖެހިދާނެ ކަމަށް ކަރީނާ ބުނި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޝޯ އުފައްދާ ފަރާތްތަކުން ކަރީނާ ބޭނުންވާ ގޮތަށް އެއްބަސްވެފައި ވާ ކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ.

"ޑާންސް އިންޑިއާ ޑާންސް" ގެ ހުށަހެޅުން ލިބުމުން މި ޝޯގައި ފަނޑިޔާރުކަން ކުރުމާ މެދު ކަރީނާ ގޮތެއް ނިންމަން 15 ދުވަސް ނެގި ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

"ޑާންސް އިންޑިއާ ޑާންސް" ގެ ހަތް ވަނަ ސީޒަން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ގައެވެ.

މިޝޯގައި ކަރީނާއާ އެކު ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ކޮރިއޯގްރާފަރ ބޮސްކޯ މާޓިސް އާއި ލަވަކިޔުންތެރިޔާ ރަފްތާރު އެވެ.

- ކޮމެންޓް