ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 21:24
އޯއައިސީގެ ބައްދަލުވުން ނިންމާލާފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު
އޯއައިސީގެ ބައްދަލުވުން ނިންމާލާފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު
އަލްޖަޒީރާ
އޯއައިސީ ސަމިޓް
މައްކާ ސަމިޓް: އިސްރާއީލުގެ ވެރިރަށަކަށް ގުދުސް ހެދުން ބައިވެރިން ކުށްވެރިކޮށްފި
އިސްރާއީލުން ގުދުސް ހިފާފަައިވަނީ 1967 ވަނަ އަހަރު
ސަމިޓްގައި ހިމެނޭ 57 ގައުމުގެ ލީޑަރުން ވަނީ ބަޔާނެއް ނެރުއްވާފައި
ގުދުސް އަށް އެމްބަސީ ބަދަލުކުރި ގައުމުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ

ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ނިންމި ގައުމުތަކުން އެ ނިންމީ ޤައިރު ގާނޫނީ އަދި ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވިދާޅުވެ އިސްލާމީ ގައުމުތަކުގެ ވެރިންނާއި ސިޔާސީ ލިޑަރުން އެކަން ކުށްވެރިކުރައްވައިފިއެވެ.

ސައުދީ އަރަބިއާގެ މައްކާގައި ހޮނިހިރު ދުވަހު ނިމިގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ސަމިޓްގައި ހިމެނޭ 57 ގައުމުގެ ލީޑަރުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ ގުދުސްއަށް އެމްބަސީ ބަދަލުކުރަން ނިންމި ގައުމުތަކުން އެ ކުރިކަމަކީ ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލުން ކަމަށާއި އެކަމާ އަލުން ވިސްނުމަށް ގޮވާލާ ކަމަށެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކުން ވަނީ ގުދުސް އަށް އެމްބަސީ ބަދަލުކުރި ގައުމުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ޕްރޮޓޮކޯލްއާ ޚިލާފުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ގުދުސްއަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރުގައި ބަލައިގެންފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ މެއި މަހު ވަނީ އިސްރާއީލުގެ ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފައެވެ.

އެއާކު ގުއަޓަމާލާ އިން ވެސް ވަނީ އެ ގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފައެވެ.

ފަލަސްތީނާއި އިޒްރާއިލާ ދެމެދު ސުލްހަވެރިކަމަށް އެޅިގެންދާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ދެ ގައުމުން ގުދުސް ބޭނުންވުމެވެ. 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމާގައި އިޒްރާއިލުން ވަނީ ގަދަކަމުން ގުދުސް ފޭރިގެންފައެވެ.

- ކޮމެންޓް
2 ޖޫން 2019 | އާދީއްތަ 00:35
ފޭރިގެންފައެވެ
ދެން ކީއްކުރެވޭނީ؟