ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 15:29
ކަރާގެ އަގު ދަނީ އުފުލެމުން
ކަރާގެ އަގު ދަނީ އުފުލެމުން
މުހައްމަދު ޝަރުހާން
ބާޒާރުގެ އަގުތައް
ކަރާ އަދި ކުރުނބާގެ އަގު އުފުލިއްޖެ
ކުރުނބާގެ އަގު އުފުލިފައިވަނީ ކުރުނބާ ނުލިބުމުގެ ސަބަބުން ކަމަށް މާރުކޭޓްގައި ކުރުނބާ ވިއްކާ ފަރާތްތަކުން ވަނީ ބުނެފައި
އަލަނާސިގެ އަގުވެސް ވަނީ ބޮޑުވެފައި
ޕެޝަން ފުރުޓް އަގަށް އެއްވެސް ބަދަލެއް ނާދޭ

ބާޒާރުގައި ކަރާ އަދި ކުރުނބާގެ އުފުލިއްޖެއެވެ.

ހޮނިހިރުދުވަހު ލޯކަލް މާރުކޭޓްގައި ކުރުނބާ ހުރީ 30 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ކުޑަ ސައިޒްގެ ކުރުނބާ 30 ރުފިޔާއަށް ހުރިއިރު ބޮޑު ސައިޒްގެ ކުރުނބާ ހުރީ 40 ރުފިޔާއަށެވެ. 1.5 ލީޓަރު ފުޅިއަށް ކުރުނބާ އަޅާފައި ވިއްކަން ހުރިއިރު، އޭގެ ފުޅިއެއް ހުރީ 150 ރުފިޔާއަށެވެ. ކުރުނބާ ވިއްކާ ފަރާތްތަކުން ބުނީ ކުރުނބާގެ އަގު އުފުލިފައިވަނީ ކުރުނބާ ނުލިބުމުގެ ސަބަބުންނެވެ.

ރަމަޞާން މަހު ފަނި ގިރުމަށް އެންމެ ގިނައިން ބޭނުން ކުރަމުން އަންނަ ކަރާގެ އަގުވެސް ވަނީ އުފުލިފައެވެ. ހޮނިހިރު ދުވަހު ކަރާ ކިލޯއެއް ހުރީ 30 ރުފިޔާއަށެވެ. މާރުކޭޓްގައި ހުކުރު ދުވަހު ކަރާ ކިލޯއެއް ހުރީ 25 ރުފިޔާއަށެވެ. މާރުކޭޓްގައި ކަރާ ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އުފުލިފައިވަނީ ތޮއްޑޫއިން މާލެއަށް ކަރާ ގެންނަ ފަރާތްތަކުން ކަރާ އަގު ބޮޑުކޮށް ވިއްކުމުގެ ސަބަބުން ކަމަށެވެ.

ބައެއް މޭވާތަކުގެ އަގު ވަނީ ދަށްވެފައި

ލޯކަލް މާރުކޭޓްގައި އަގު އުފުލިފައިވާ އަނެއް މޭވާއަކީ އަލަނާސިއެވެ. ހޮނިހިރު ދުވަހު އަލަނާސިގަނޑެއް ލޯކަލް މާރުކޭޓްގައި ހުރީ 50 ރުފިޔާއަށެވެ. ހުކުރު ދުވަހު އަލަނާސިގަނޑެއް ބާޒާރުގައި ހުރީ 45 ރުފިޔާއަށެވެ.

އަނބުގެ އަގު ދަށްވެފައިވާއިރު، ތައިލެންޑްގެ "ހަނީ މެންގޯ" ކިލޯއެއް ބާޒާރުގައި ހުރީ 80 ރުފިޔާއަށެވެ. ރަމަޞާން މަސް ފެށިގެން ނިމެން އައިއިރުވެސް އަގަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ޕެޝަން ފުރުޓް ކިލޯއެއް ހޮނިހިރު ދުވަހު ބާޒާރުގައި ހުރީ 80 ރުފިޔާއަށް ކިލޯއެކެވެ. ފޭރު ކިލޯއެއް 70 ރުފިޔާއަށް ހުރިއިރު ،ކައްޓަލަ ކިލޯއެއް ހުރީ 40 ރުފިޔާއަށެވެ. ޔުގަންޑާގެ މިރުސް 200 ރުފިޔާއަށް ކިލޯއެއް ހުރިއިރު،އައިސްބާރގް ލެޓިއުސް ހުރީ 50 ރުފިޔާއަށް ކިލޯއެކެވެ.

- ކޮމެންޓް