ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 10:52
ހަމަލާ ދީފައިވަނީ ވަރޖީނިއާ ބީޗް ސިޓީގެ ބިލްޑިންގ 2 ގައި
ހަމަލާ ދީފައިވަނީ ވަރޖީނިއާ ބީޗް ސިޓީގެ ބިލްޑިންގ 2 ގައި
ރޮއިޓަރސް
ވަރޖީނިއާ ބަޑީގެ ހަމަލާ
ވަރޖީނިއާގައި ބަޑީގެ ހަމަލާތަކެއްގައި 12 މީހުން މަރާލައިފި
 
ފުލުސް އޮފިސަރަކާއެކު ޖުމްލަ ހަތަރު މީހަކު ޒަޚަމްވެފައިވޭ
 
ހަމަލާދީފައިވަނީ ވަރޖީނިއާ ބީޗް ސިޓީގެ މުވައްޒަފެއް
 
ހަމަލާ ދިން މީހާވެސް ވަނީ މަރާލާފައި

އެމެރިކާގެ ވަރޖީނިއާގައި ސަރުކާރުގެ އިމާރާތެއްގެ ތެރޭގައި ހުކުރު ދުވަހު ބަޑިން ހަމަލާތަކެއް ދީ މަދުވެގެން 12 މީހުން މަރާލައިފިއެވެ.

ފުލުހުން ބުނީ މި ހަމަލާދިނީ ވަރޖީނިއާ ބީޗް ސިޓީގެ ދުވަސްވީ މުވައްޒަފަކު އެ އިމާރާތުގެ ތެރޭގައި މީހެއް މީހެއް ނުބަލައި ބަޑި ޖަހައިގަނެގެން ކަމަށެވެ.

ހަމަލާ ދިން މީހާގެ މައުލޫމާތު އަދި ހާމަކޮށްފައިނުވާއިރު ފުލުހުންނާއެކު ބަދަލުކުރެވުނު ހަަމަލާތަކެއްގައި އޭނާވެސް ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ ލައިގެން ހުރި ވެސްޓަށް އެރި ވަޒަނެއްގައި އެއް އޮފިސަރަކު ޒަޚަމްވެފައިވާ ކަމަށެވެ.

ހަމަލާ ދީފައިވަނީ ވަރޖީނިއާގެ ގަޑިން 16:00 ގައެވެ. ވަރޖީނިއާ ބީޗް މުނިސިޕަލް ސެންޓަރ އަކީ ސަރުކާރުގެ އެތައް އޮފީސް ތަކެއް ހުންނަ ތަނެކެވެ.

މަރުވި މީހުންގެ ތެރެއިން އެކަކު މަރާލާފައިވަނީ އިމާރާތުގެ ބޭރުގައި ކާރުގައި އިންދައެވެ. އިތުރު މީހުންގެ ހަށިތައް ފެނިފައިވަނީ އިމާރާތުގެ ތިން ފްލޯއަކުން ކަމަށް ފުލުހުންގެ ވެރިޔާ ޖޭމްސް ސަރވަރާ ވިދާޅުވިއެވެ.

ފުލުހުންގެ ހަތަރު އޮފިސަރަކު ވަގުތުން އިމާރާތަށް ވަދެ ހަމަލާ ދިން މީހާ ހޯދި ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
60%
0%
40%
0%
ކޮމެންޓް