ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 14:38
ރާޅުގުޑީގެ ޕާޓްނަރ އެފްއެސްއެމްއާ ސޮއިކުރުން
ރާޅުގުޑީގެ ޕާޓްނަރ އެފްއެސްއެމްއާ ސޮއިކުރުން
ރާއްޖެއެމްވީ
ރާޅު ގުޑި ދެކުނުން އުތުރަށް
ރާޅުގުޑި ހަރަކާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
މި ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި މޫދަށް ކުނި ނޭޅުމަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ ރާޅުގުޑި ހަރަކާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

ރާޅުގުޑީގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި އެމްސެވެން އާއި ސީގިއާ އާއި ކުއެންޓިޓީ މޯލްޑިވްސް އާއި ރާޅު ވޯޓާސްޕޯޓްސް އަދި ގޯބިގް މޯލްޑިވްސްއެވެ.

ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރުމަށް ފަހު އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ، އެފްއެސްއެމްއަކީ އަބަދު ވެސް އިޖުތިމާއީ ހަރަކާތްތަކަށް ހަރަދުކުރާ ކުންފުންޏެއް ކަމަށެވެ.

މި ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީއެވެ.

"ރާޅު ގުޑި ދެކުނުން އުތުރަށް" ހަރަކާތުގެ މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) ބުނީ ހަރަކާތް ކުރިއަށް ދާނީ އައްޑު އަތޮޅުން ފެށިގެން ހއ. ތުރާކުނާއި ހަމައަށް ކަމަށެވެ. ޖޫން އަދި ޖުލައި މަހުގައި ކުރިއަށް ގެންދާ މި ހަރަކާތްގައި ބައިވެރިވަނީ ހަތަރު މީހުންނެވެ.

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނެފައި ވަނީ އައްޑު އަތޮޅުގެ އެންމެ ދެކުނު ބިތުން ތުރާކުނުގެ އެންމެ އުތުރު ބިތަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަސް ކަމަށާއި، މި މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް