ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 18:46
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް
ޔޫޓިއުބް
ޝައިހް ކަމާލް ކަޕް
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
 
ފުރަތަމަ ހާފް އެޓީމަށް ފެށުނީ އެހާ ރަނގަޅަށް ނޫން: ނިޒާމްބެ
 
ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ: ނިޒާމްބެ
 
މިއީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރަމުންދާކަމުގެ ހެއްކެއް: ނިޒާމްބެ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ނޭޕާލްގެ މަނަންގް މާޝިއާންޑި ކްލަބް ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލުން ޓީސީ ޖާގަ ހޯދުން، މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކްލަބް މުބާރާތެއްގެ ފައިނަލުން ޖާގަ ރާއްޖެ ކްލަބަކަށް ލިބުން މިއީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމަކުން ވެސް ރާއްޖޭގެ ފުޓުބޯޅަ އަށް ލިބެމުން އަންނަ ތަރައްގީގެ ވާހަކަ ދައްކައި ސުވާލުތައް ކުރަމުން އަންނަ ކަމަށާއި، މީޑިއާތަކުން ވެސް ރާއްޖޭގެ ފުޓުބޯޅަ ޑިވެލޮޕްމެންޓާ ބެހޭގޮތުން ސުވާލުކުރަމުން އަންނަ ކަމަށެވެ.

ނޭޕާލް ގައުމީ ޓީމުގެ 8 ކުޅުންތެރިން ހިމެނޭ މަނަންގް ޓީމާ ދެކޮޅަށް ޓީސީ ކުޅުނު މެޗާ ބެހޭގޮތުން ނިޒާމްބެ ބުނީ ފުރަތަމަ ހާފް އެ ޓީމަށް ފެށުނީ އެހާ ރަނގަޅަށް ނޫން ކަމަށާއި، އެހެންނަމަވެސް މައިގަނޑުގޮތެއްގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ނިޒާމްބެ ބުނީ މެޗު ޓީސީގެ އަތްމައްޗަށް ގެންނަން އެންމެ ބޮޑަށް ފަސޭހަވީ ދެވަނަ ހާފްގެ ފަހުކޮޅު ޓީސީން މުޅި މެޗުގެ ކޮންޓްރޯލް ހޯދާފައިވާތީ ކަމަށެވެ. ފައިނަލް މެޗަށް އަލިއަޅުވާލަމުން ނިޒާމްބެ ބުނީ އެ މެޗަށް ނިކުންނާނީ ހުރިހާ ކަމެއް ރަނގަޅުކޮށް، މޮޅުވެގެން ތަށި ހިފައިގެން ރާއްޖެ އައުމުގެ އުންމީދާ އެކުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް