ކ. މާލެ
|
29 މެއި 2019 | ބުދަ 20:19
ނައޯމީ އޮސާކާ
ނައޯމީ އޮސާކާ
ގޫގުލް
ފްރެންޗް އޯޕަން 2019
ފްރެންޗް އޯޕަން 2019: އެނާ ކެރޮލީނާ ބަލިކޮށް ނައޯމީ އޮސާކާ ދެވަނަ ބުރަށް ހިނގައްޖެ
21 އަހަރުގެ ނައޯމީ، ކެރޮލީނާ ބަލިކޮށްފައިވަނީ ދެ ސެޓް އެއް ސެޓުން
ފުރަތަމަ ސެޓް ގެންގޮސްފައިވަނީ ކެރޮލީނާ، ނައޯމީއަށް ޕޮއިންޓެއް ނުލިބޭ
ދެ ވަނަ ސެޓް ނައޯމީ 7-6 އިން ގެންގޮސްފައިވާއިރު، ތިން ވަނަ ސެޓް އޭނާ ގެންގޮސްފައިވަނީ 6-1 އިން

ސްލޮވޭކިއާގެ ކެރޮލީނާ ޝްމީޑްލޯވާ ބަލިކޮށް އެނާ ނައޯމީ އޮސާކާ ފްރެންޗް އޯޕަން 2019 ގެ ދެވަނަ ބުރަށް ހިނގައްޖެއެވެ.

21 އަހަރުގެ ނައޯމީ، ކެރޮލީނާ ބަލިކޮށްފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ.

އަންގާރަ ދުވަހު ކުރިއަށް ދިޔަ މެޗްގެ ފުރަތަމަ ސެޓް ގެންގޮސްފައިވަނީ ކެރޮލީނާއެވެ. އެ ސެޓްގައި ނައޯމީއަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއް ނުވެއެވެ.

ނަމަވެސް، ނައޯމީ ދެ ވެނަ ސެޓްގައި ފެނިގެން ދިޔައީ ވަރަށް ވަރުގަދަ ކޮށެވެ. އަދި ދެ ވަނަ ސެޓް 7-6 އިން ގެންގޮސްފައިވާއިރު، ތިން ވަނަ ސެޓް އޭނާ ގެންގޮސްފައިވަނީ 6-1 އިންނެވެ.

މުޅި މެޗްގައި 38 އެރަރ ނައޯމީ ހަދާފައިވާއިރު، ކެރޮލީނާ ހަދާފައިވަނީ 14 އެރަރ އެވެ.

ފްރެންޗް އޯޕަންގެ ދެވަނަ ރައުންޑްގައި ނައޯމޯ ކުޅޭނީ ބެލަރޫސްގެ ކުޅުންތެރިއެއްކަމަށްވާ ވިކްޓޯރިއާ އަޒަރެންކާއާ އެވެ.

ނައޯމީއަށް އެންމެ ފުރަތަމަ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގައެވެ. އޭނާ ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވަނީ މަޝްހޫރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ބަލި ކުރުމަށް ފަހުއެވެ. އެއަށްފަހު، އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ނައޯމީއަށް ވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ލަގަބު ލިބިފައެވެ.

ނައޯމީއަކީ މި ލަގަބު ލިބުނު ޖަޕާނަށް ނިސއްބަތްވާ ފުރަތަމަ ކުޅުންތެރިޔާއެވެ.

"އަހަރެން ހަޔާތުގައި އެންމެ ހާސްވޮ މެޗަކީ މިއީ. ފުރަތަމަ ސެޓުން އެކަން ފެންނާނެ ކަންނޭގެ،" މި ވަގުތު ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ނައޯމީ ބުންޏެވެ.
- ކޮމެންޓް