ކ. މާލެ
|
29 މެއި 2019 | ބުދަ 12:39
ޔަމަނުގެ ހަނގުރާމަ ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު
ޔަމަނުގެ ހަނގުރާމަ ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު
އަލްއަރަބިއްޔާ
ޔަމަން ހަނގުރާމަ
ޔަމަން ހަނގުރާމަ: ސަނާގައި ތިބި ހޫޘީންނަށް އަރަބި ކޯލިޝަނުން ހަމަލާދީފި
ކޯލިޝަނުން ހަމަލާދިނީ ހޫޘީން ހަތިޔާރު ރައްކާކުރާ ތަނަކަށް

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ އަރަބި ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަނާގައި ހުރި ހޫޘީންގެ އަމާޒުތަކަށް ހަމަލާތަކެއް ދީފިއެވެ.

ހަމަލާދެވުނު ތަންތަނުގެ ތެރޭގައި ވެރިރަށް ސަންއާގެ އުތުރުގައި ހަތިޔާރު ރައްކާކުރަން އޮންނަ އަލް-ދުލައިމީ އެއަރބޭސް ހިމެނެއެވެ.

އަރަބި ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ ހޫޘީން ޑްރޯން އުފައްދައި، މެއިންޓަނަންސް މަސައްކަތްކުރާ އަދި ހަތިޔާރު ގުދަން ކުރާ ތަނަކަށް ބަދަލުކޮށްފައިވާ އަސްކަރީ ބޭސްއަށް މެދުކެނޑުމެއް ނެތި ހަމަލާ ދީފައިވާ ކަމަށެވެ.

ޖިއްދާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މާލިކީ ވިދާޅުވީ ސައުދީއަށް އަމާޒުކޮށް ޑްރޯން ފޮނުވާލާފައިވާ ސަރަހައްދުތައް ސާފުކޮށް އެނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ އާއްމުންނަށް އަމާޒުކޮށްގެން ހޫޘީން ދޭ ދޭ ޑްރޯން ހަމަލާތައް ތަހައްމަލް ކޮށްލައިގެން ނުތިބޭނެ ކަމަށެވެ.

ސައުދީއަށް އަމާޒުކޮށް ހޫޘީން ގެންދަނީ ދޭތެރެދޭތެރެެއިން ރޮކެޓް އަދި ޑްރޯން ހަމަލާތައް ދެމުންނެވެ.

މާލިކީވަނީ ސައުދީގެ ސަލާމަތީ ކަންކަމަކީ ރަތް ރޮނގެއް ކަމަށާއި ޓެރިޒަމްގެ އެއްވެސް އަމަލެއްގައި ބައިވެރިވުމަށް ފަހު ފިލާ ނުދެވޭނެ ކަމަށެވެ.

- ކޮމެންޓް