ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 16:53
ބިއުޓީ އެންޑް ދަ ބީސްޓް
ބިއުޓީ އެންޑް ދަ ބީސްޓް
ގޫގުލް
ބިއުޓީ އެންޑް ދަ ބީސްޓް
"ބިއުޓީ އެންޑް ދަ ބީސްޓް"ގެ އާ ޓްރެއިލަރއެއް ނެރެފި
"ބިއުޓީ އެންޑް ދަ ބީސްޓް" ނެރުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު

މާޗް 17 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" ގެ އާ ޓްރެއިލަރެއް އާންމުކޮށްފި އެވެ.

ތިރީސް ސިކުންތުގެ ޓްރެއިލަރ އާންމުކޮށްފައި ވަނީ އޮސްކާ އެވޯޑް ހަފަލާގަ އެވެ.

އެމާ ވޮޓްސަން އާއި ޑޭން ސްޓީވަންސް ބިއުޓީ އާއި ބީސްޓްގެ ރޯލުން ފެނިގެންދާއިރު، ފިލްމުގެ އެކި ރޯލްތަކުން ލޫކް އެވާންސް، ޖޯޝް ގޭޑް، ކެވިން ކްލައިން، އެމާ ތޮމްޕްސަން، ޔުވަން މެގްރެގަރ އަދި ސްޓޭންލީ ޓޫޗީ ފެނިގެންދެ އެވެ.

ފިލްމުގެ މައި ލަވަ ކިޔައިދީފައި ވަނީ އާރިއާނާ ގްރާންޑޭ އާއި ޖޯން ލެޖެންޑެވެ. ފިލްމުގެ ސައުންޑްޓްރެކްގައި ސެލީން ޑިއޯން އާއި ޖޯޝް ގްރޯބާންގެ ލަވަތައް ހިމެނެ އެވެ.

 

 

މިއީ ޑިސްނީއިން ލައިވް އެކްޝަން ފިލްމުގެ ގޮތުގައި ނެރޭ ފިލްމެކެވެ. ބިއުޓީ އެންޑް ދަ ބީސްޓްގެ އިތުރުން، "މުލާން"، "އެލާޑިން" އަދި "ދަ ލަޔަން ކިންގް" ފަދަ ކާޓޫންތަކަށް ވެސް ލައިވް އެކްޝަން ފިލްމް ހެދުމަށް ނިންމާފައިވާ ކަމަށް ޑިސްނީން ވަނީ ހާމަކޮށްފަ އެވެ. މި ފިލްމުތައް އަންނަ އަހަރުގެ ތެރޭގައި ނެރޭނެ ކަމަށް ބެލެވެ އެވެ.

- ކޮމެންޓް