ކ. މާލެ
|
28 މެއި 2019 | އަންގާރަ 10:40
ވޯލްޓް ޑިޒްނީ ވަރލްޑް ރިސޯޓް
ވޯލްޓް ޑިޒްނީ ވަރލްޑް ރިސޯޓް
ހާރސްޓް ޓެލެވިޒަން
ޑިޒްނީ
ޑިޒްނީ ވަރލްޑްގެ މުވައްޒިފުންގެ ކޮލެޖް ޓިއުޝަން ފީ އެކުންފުނިން ދައްކައިދެނީ!
މުވައްޒިފުންގެ ކޮލެޖް ޓިއުޝަން ދައްކަ ދޭން ނިންމިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގައި
ޓިއުޝަން ފީ ދައްކަ ދެނީ ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާއަށް ދާ މުވައްޒަފުންނަށް
މިއީ "ޑިޒްނީ އެސްޕަޔަރ" ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ކަމެއް

މަޝްހޫރު ތީމް ޕާކެއް ކަމަށްވާ ޑިޒްނީ ވަރލްޑްގެ މުވައްޒިފުންގެ ކޮލެޖް ޓިއުޝަން ފީ ދައްކައިދޭން އެ ކުންފުނިން ނިންމައިފިއެވެ.

ޔުނިވަރސިޓީ އޮފް ސެންޓްރަލް ފްލޮރިޑާ (ޔޫސީއެފް) ގައި ކިޔަވާ، އެ ތަނުގެ މުވައްޒިފުންގެ ޓިއުޝަން ފީ ދައްކައިދޭން ނިންމިކަން އިއުލާންކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.

ޔޫސީއެފްއަކީ ފްލޮރިޑާ ސްޓޭޓްގައި ހުންނަ އެންމެ ބޮޑު ކޮލެޖަށްވާއިރު، އެ ތަން ހުންނަނީ ވޯލްޓް ޑިޒްނީ ވަރލްޑް ރިސޯޓްއާ 30 މޭލު ދުރުގައެވެ.

ދަތުރު ކުރަން އުނދަގޫވާ މުވައްޒިފުންނަށް ބައިވެރިވެވޭނެ 10 އޮންލައިން ޕްރޮގްރާމް ހިމަނާފައިވާ ކަމަށާއި، "ޑިޒްނީ އެސްޕަޔަރ" ޕްރޮގްރާމްގެ ދަށުން ވެސް ޓިއުޝަންގެ ހުރިހާ ޚަރަދެއް ވެސް ކުންފުނިން ހިފުމަށް ވަނީ ނިންމާފައެވެ.

"ޑިޒްނީ އެސްޕަޔަރ" ލޯންޗްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި މީގެ ދަށުން ޔޫސީއެފްއަށް ދާ މުވައްޒިފުންގެ ކޮލެޖް ޓިއުޝަންގެ 100% ދައްކައި ދޭނެއެވެ.

ޑިޒްނީ އާއި ޔޫސީއެފްގެ މި އިއުލާނަށް ފަހު ޑިޒްނީ ވޯލްޑްގެ 85،000 ފުލް އަދި ޕާޓް ޓައިމް މުވައްޒަފުންގެ 40% ވަނީ ޔުނިވަރސިޓީއަށް ވަނުމަށް ފޯމް ހުށަހަޅާފައެވެ. އަދި 6،000 މުވައްޒަފުން ޔޫއެފްސީގައި ކްލާސްތައް ނަގަން ވަނީ ފަށާފައެވެ.

ޔޫއެފްސީގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އަންނަ މަހު ހުޅުވާލެވޭއިރު، އޭގައި ބައިވެރިވުމަށް 53،000 މުވައްޒަފަކު ޝަރުތު ހަމަވާނެއެވެ.

- ކޮމެންޓް