ކ. މާލެ
|
28 މެއި 2019 | އަންގާރަ 00:05
އައިއެސް ހަނގުރާމަވެރިން
އައިއެސް ހަނގުރާމަވެރިން
ގޫގުލް
އައިއެސް
އައިއެސްއާއި ގުޅެން އުޅުނު ބަޔަކު މަރަން ހުކުމް ކޮށްފި
 
ދުނިޔޭގެ އެކި ކަންކޮޅުތަކުން 41،000 އަށް ވުރެ ގިނަ މީހުން އައިއެސްއާ ގުޅުމަށް ސިރިއާ އަށް ގޮސްފައިވޭ

މަރަން ޙުކުމް ކުރި ތިން މީހުންނަށް 30 ދުވަހުގެ ތެރޭގައި އެ ހުކުން އިސްތިއުނާފް ކުރުމަށް އެދެވޭނެއެވެ.

އިރާގު ކޯޓުން މި އިއްވި ޙުކުމާއި ބެޙޭގޮތުން ފްރާންސްގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މަރަން ހުކުމް ކޮށްފައިވާ އުމުރުން 32 އަހަރުގެ ކެވިން އަތުލައިގެންފައިވަނީ ތުރުކީގެ މަގުން އިޒްރޭލަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. އޭނާއާ އެކު އޭނާގެ މަންމަ އާއި އަންހެނުންގެ އިތުރުން ކޮއްކޮ ވެސް ވަނީ އަތުލައިގެންފަ އެވެ.

އުމުރުން 32 އަހަރުގެ ލެނާޑް އަތުލައިގެންފައިވަނީ އިރާގުގެ އުތުރުން ސީރިއާ އަށް އެތެރެވާން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާއާ އެކު އޭނާގެ އަންހެނުންނާއި ދެ ދަރިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 41،000 އަށް ވުރެ ގިނަ މީހުން އައިއެސްއާ ގުޅުމަށް ސިރިއާ އަށް ގޮސްފައިވާއިރު އޭގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ އިރާގުގެ ބެލުމުގެ ދަށުގައިކަން ފާހަގަ ކޮށްލެވެއެވެ.

މި މައްސަލައާއި ގުޅިގެން އިރާގުގައި ކުރިއަށްދާ ތަހުގީގުތަކާ ގުޅޭގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ ރައީސް އިމޭނުއަލް މެކްރޫންއާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އެއީ އިރާގުގެ އަމިއްލަ މައްސަލައެއް ކަމެވެ. އަދި އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
20%
53%
0%
20%
7%
0%
ކޮމެންޓް