ކ. މާލެ
|
27 މެއި 2019 | ހޯމަ 19:49
ސާޖިއޯ ރާމޮސް
ސާޖިއޯ ރާމޮސް
އޭއެފްޕީ
ސާޖިއޯ ރާމޮސް
ރާމޮސްވެސް ރެއާލްގައި މަޑުކުރަން ޒިދާން ބޭނުންވޭ
ރާމޮސްގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޮސް އެ ކްލަބުގައި ބަހައްޓަން ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މާސާއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ގިނަ ކްލަބްތަކުން ރާމޮސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އެކަމަށް ޒިދާން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރާމޮސް ހޯދުމަށް ޗައިނާގެ ކްލަބަކުން ވަނީ ހުށަހަޅާފައެވެ. އަދި އެ ކްލަބަށް ރާމޮސް ބަދަލުވާން އުޅޭކަމަށް ވެސް އަޑުތައް އަންނަނީ ފެތުރެމުންނެވެ.

ސެވިއްޔާއިން 2003 ވަނަ އަހަރު ކެރިޔަރު ފެށި ރާމޮސް ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ. ނަމަވެސް އޭނާ ރެއާލްގެ އެއްބަސްވުން އާކުރާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ރެއާލްއާ 2005 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ރާމޮސް ވަނީ މިހާތަނަށް އެ ކްލަބަށް 14 ސީޒަން ކުޅެފައެވެ. އޭގެ ތެރެއިން އޭނާ ކުޅުނު 606 މެޗުގައި 84 ލަނޑު ވަނީ ޖަހާފައެވެ.

ރެއާލްއާއެކު ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރާމޮސް ވަނީ އެ ކްލަބާއެކު ކޮޕަޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަކަޕް ތިން ފަހަރު، ޔުއެފާ ސުޕަކްޕ ތިންފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ލަލީގާ ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު ދެ ޔޫރޯ ކާމިޔާބު ކޮށްފައިވާ ރާމޮސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް އެޓީމާއެކު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 163 މެޗުގައި 18 ލަނޑު ކާމިޔާބު ކޮށްފައެވެ.

- ކޮމެންޓް