ކ. މާލެ
|
27 މެއި 2019 | ހޯމަ 13:50
އެންތަނީ އަލްބަނޭސީ ވަނީ 2013 ވަނަ އަހަރު ވެސް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާފައި
އެންތަނީ އަލްބަނޭސީ ވަނީ 2013 ވަނަ އަހަރު ވެސް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާފައި
އީޕީއޭ
އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ ލޭބަރ ޕާޓީގެ އާ ލީޑަރަކަށް އެންތަނީ އަލްބަނޭސީ
 
އަލްބަނޭސީ ވަނީ މީގެ ކުރިން ލޭބަރ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައި

އޮސްޓްރޭލިއާގެ އާއްމު އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އިދިކޮޅު ލޭބަރ ޕާޓީގެ އާ ލީޑަރަކަށް އެންތަނީ އަލްބަނޭސީ އިންތިޚާބުކޮށްފިއެވެ.

ކުރީގެ ލީޑަރު ބިލް ޝޯޓެން ވަނީ މެއި މަހުގެ 18 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑުވަޒީރު ސްކޮޓް މޮރިސަންއާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން މަގާމުން ވަކިވެވަޑައިގެންފައެވެ.

"އެކުގައި ކުރާ މަސައްކަތުންް އަޅުގަނޑުމެންގެ މި ޕާޓީ ތިން އަހަރު ތެރޭ އަނބުރާ ސަރުކާރަށް އާދެވިދާނެ،" އަލްބަނޭސީ ވިދާޅުވިއެވެ.

އެތައް މަސްތަކެއް ވަންދެން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ލޭބަރ ޕާޓީން އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ދައްކާފައި ވަނިކޮށް އިންތިޚާބު ނާކާމިޔާބުވުން ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި އަލްބަނޭސީ ވަނީ މިދިޔަ ހަފްތާގައި ވާހަކަދައްކަވާފައެވެ.

ސިޑްނީއަށް ނިސްބަތްވެ ވަޑައިގަންނަވާ އުމުރުފުޅުން 56 އަހަރުފުޅުގެ މެމްބަރު ވަނީ ލޭބަރ ޕާޓީގެ އިސް މަގާމްތަކެއް މީގެ ކުރިން ވެސް ފުރުއްވާފައެވެ.

މީގެ ކުރިން ލޭބަރ ޕާޓީގެ ލީޑަރުކަމަށް 2013 ވަނަ އަހަރު ޝޯޓެންއާ ވާދަކުރައްވާ އޭނާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފައެވެ.

ހަ އަހަރެއްހާ ދުވަހު ލޭބަރ ޕާޓީގެ ލީޑަރުކަމުގައި ހުންނެވި މޮރިސަން ވަނީ ލޭބަރ ޕާޓީގެ ލީޑަރުކަމަށް ދެން ވާދަނުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް