ކ. މާލެ
|
27 މެއި 2019 | ހޯމަ 08:26
ރަންބީރު ކަޕޫރު
ރަންބީރު ކަޕޫރު
ގޫގުލް
ބޮލީވުޑް
އިންސްޓަގްރާމްގައި ކުރީގެ ލޯބިވެރިން ފޮލޯކުރާ ކަމަށް ރަންބީރު ބުނެފި
ރަންބީރުގެ ވެރިފައިޑް އެކައުންޓެއް ނެތް

އެކްޓަރ ރަންބީރު ކަޕޫރުގެ އޮފިޝަލް އިންސްޓްގްރާމް އެކައުންޓެއް ނެތް ނަމަވެސް އޭނާގެ ކުރީގެ ލޯބިވެރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކެއިފް ސިއްރުން ފޮލޯކުރާ ކަމަށް ބުނެފިއެވެ.

ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުން ކެޓްރީނާ އާއި ދިޕިކާގެ އިތުރުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި ދިޕިކާގެ ފިރިމީހާ ރަންވީރު ސިންގް ވެސް ފޮލޯކުރާކަން ރަންބީރު ވަނީ ހާމަކޮށްފައެވެ.

ރަންބީރުގެ ދެބެންގެ ދެދަރި ކަރީނާ ކަޕޫރާ އެއްގޮތަށް ރަންބީރުގެ ސޯޝަލް މީޑިއާ ވެރިފައިޑް އެކައުންޓެއް (އިންސްޓަގްރާމް، ފޭސްބުކް، ޓްވިޓާ) ގައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ދެ މީހުންގެ ވެސް ވަގު އެކައުންޓް ހުންނަ ކަމަށް ލަފާކުރެވެއެވެ.

އަރްބާޒް ޚާންގެ އޮންލައިން ޗެޓް ޝޯގައި ރަންބީރު އިންސްޓަގްރާމް އެކައުންޓެއް ގެންގުޅޭ ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ. އަދި ކެޓްރީނާއަށް އިންސްޓަގްރާމް ބޭނުން ކުރާ ގޮތް ކިޔައިދިނީ ވެސް ރަންބީރު ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

ރަންބީރު މި ވަގުތު ދަނީ އޭނާގެ ލޯބިވެރިޔާއާ އެކު ފެނިގެންދާނެ ފިލްމް "ބްރަމާސްތްރާ" ގެ މަސައްކަތްތަކެވެ. މި ފިލްމްގައި އަމީތާން ބަޗަން އާއި މޮނީ ރޯއީ ވެސް ފެނިގެން ދާނެއެވެ. މިފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް