ކ. މާލެ
|
27 މެއި 2019 | ހޯމަ 08:29
ރިތިކް ރޯޝަން
ރިތިކް ރޯޝަން
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ރިތިކްގެ ސުޕަރ 30 ރިލީޒް ކުރުން އަވަސްކޮށްފި
ފިލްމް ރިލީޒް ކުރުމަށް ހަަމަޖެހިފައި ވަނީ ޖުލައި 12 ގައި

ބޮލީވުޑް އެކްޓަރ ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ ފިލްމް "ސުޕަރ 30" ރިލީޒް ކުރާ ތާރީޚު އަވަސްކޮށްފިއެވެ.

ފިލްމް ކްރިޓިކް ތަރަން އާދަޝް ކޮށްފައިވާ ޓްވީޓްގައި "ސުޕަރ 30" ރިލީޒް ކުރާ ތާރީޚެއްގެ ގޮތުގައި ބުނެފައި ވަނީ އަންނަ ޖުލައި މަހުގެ 12 އެވެ.

"ސުޕަރ 30" ރިލީޒް ކުރުން އަވަސް ކޮށްފައި މި ވަނީ ކަންގަނާ ރަނައުތް ކުޅެފައިވާ ފިލްމް "މެންޓަލް ހޭކިއާ" އާއި "ސުޕަ30" ރިލީޒް ކުރުން ކުރިން އެއް ދުހަކަށް ދިމާވެފައިވާތީ އެވެ.

"މެންޓަލް ހޭ ކިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 26 ގައެވެ.

"ސުޕަރ 30" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފައި މި ވަނީ "މެންޓަލް ހޭ ކިއާ" ގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރާއި ރިތިކް މަޝްވަރާ ކުރުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމަކީ މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

"މެންޓަލް ހޭ ކިޔާ" ގައި ކަންގަނާއާ އެކު ލީޑް ރޯލުން ފެނިގެންދާނީ ރާޖް ކުމާރު ރާއޯއެވެ.

- ކޮމެންޓް