ކ. މާލެ
|
27 މެއި 2019 | ހޯމަ 10:29
ރައީސް އިބްރާހިމް މުހައްމަދު ސާލިޚު ފާތިމަތު ދީމާ އަށް މަރުހަބާ ވިދާޅުވަނީ
ރައީސް އިބްރާހިމް މުހައްމަދު ސާލިޚު ފާތިމަތު ދީމާ އަށް މަރުހަބާ ވިދާޅުވަނީ
ރައީސް އޮފީސް
ރައީސް މަރުހަބާ ވިދާޅުވުން
ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ދީމާއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
މިއީ އޭޝިޔާގެ މުބާރާތަކުން ޓޭބަލް ޓެނިހުން ރާއްޖެއަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރު

ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ފާޠިމަތު ދީމާ ޢަލީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އާދިއްތަ ދުވަހު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ދީމާއާ ދިމާގެ އާއިލާއަށް ހިއްވަރު ދެއްވާފައެވެ. އަދި ޓޭބަލް ޓޭނިސްގެ ކުރިއެރުމާއި އިތުރު ކާމިޔާބީއަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އުމުރުން 11 އަހަރުގެ ދީމާ ޓޭބަލް ޓެނިހުން ރާއްޖެއަށް ރިހިމެޑަލް ހޯދައިދީފައި ވަނީ ތައިލެންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުންނެވެ.

މިއީ އޭޝިޔާގެ މުބާރާތަކުން ޓޭބަލް ޓެނިހުން ރާއްޖެއަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

މީގެ އިތުރުން ރީޖަނަލް ހޯޕްސް ޗެލެންޖް (ސައުތު އޭޝިއަން) 2018 އިން ދީމާ ވަނީ ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ.

ބޭރުގެ އެކި މުބާރާތްތަކުން ފަޚުރުވެރި ވަނަތައް ރާއްޖެއަށް ހޯދައިދިމުގެ އިތުރުން ފާޠިމަތު ދީމާ ޢަލީއަކީ މިހާރު ވެސް ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް