ކ. މާލެ
|
27 މެއި 2019 | ހޯމަ 08:23
ފިނޮޅު ރިސޯޓް
ފިނޮޅު ރިސޯޓް
ސޯޝަލް މީޑިއާ
ފިނޮޅު ރިސޯޓު ވިއްކާލުން
ޖަރުމަނު ކުންފުންޏަކަށް 90 މިލިއަން ޑޮލަރަށް ފިނޮޅު ވިއްކާލައިފި
މިއީ ސީސައިޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ އޭޝިއާ ޕްރޮޕަޓީ

ކޯސްޓްލައިން ކުންފުނިން ތަރައްގީ ކުރި ފިނޮޅު މޯލްޑިވްސް، ޖަރުމަނުގެ ކުންފުންޏެއް ކަމުގައިވާ ސީސައިޑް ހޮޓެލްސް އެންޑް ރިސޯޓްސް އަށް 90 މިލިއަން ޑޮލަރަށް (1.39 ބިލިއަން ރުފިޔާއަށް) ވިއްކާލައިފިއެވެ.

ރާއްޖޭގެ ރިސޯޓްތައް ވިއްކުމުގައި އެންމެ ކާމިޔާބު ކުންފުނި ކަމުގައިވާ، ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގްރޫޕުން ބުނީ ފިނޮޮޅުގެ މުއާމަލާތާ އެކު އެ ކުންފުނިން ރެކޯޑް އަދަދަކަށް ޓްރާންސެކްޝަންތައް ހަދާފައިވާ ކަމަށް ބުނެފައެވެ. 2012 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ 15 ރިސޯޓް އެ ކުންފުނިން ވިއްކާފައި ވެއެވެ. ނަމަވެސް ރިއަލް އެސްޓޭޓް ކޮންސަލްޓަންސީގައި މަޝްހޫރު ޖޭއެލްއެލްއިން ރާއްޖޭގެ ރިސޯޓެއް ޔޫރަޕްގެ ކުންފުންޏަކަށް ވިއްކި މިއީ ފުރަތަމަ ފަހަރެވެ.

އޭޕްރިލް މަހުގެ ތެރޭގައި ފިނޮޅު ވިއްކާލާފައިވާ އިރު، މި މޭ މަހުގެ ތެރޭގައި އެ ރިސޯޓުގެ ލީޒްރައިޓްސް ވަނީ އެ ރިސޯޓު ގަތް ޖޭއެލްއެލްގެ ނަން މައްޗަށް ބަދަލުކޮށްފައެވެ.

ސީސައިޑް ހޮޓެލްސް އެންޑް ރިސޯޓްސް އިން މިހާރު ވެސް ދިހަ ޕްރޮޕަޓީއެއް މެނޭޖްކުރަމުން އަންނަ އިރު، މިއީ އޭޝިއާ ބައްރުގައި އެ ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ ފުރަތަމަ ރިސޯޓެވެ.

ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓުގައި 127 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ލެގޫން ވިލާ އާއި އޯޝަން ވިލާ، ބީޗް ވިލާ އަދި ބީޗް ޕޫލް ވިލާތައް ހިމެނެއެވެ. މީގެ އިތުރުން ރެސްޓޯރަންޓްތަކާއި ބާތަކާއި، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރެއް އަދި ޔޯގާ ޕެވިލިއަންއަކާއި އައުޓްޑޯ ޖިމެއް ވެސް ހުރެއެވެ.

- ކޮމެންޓް