ކ. މާލެ
|
26 މެއި 2019 | އާދީއްތަ 19:24
ތިން މީހުންގެ މައްޗަށް ސާބިތުވެފައިވަނީ އަައިއެސްއާ ގުޅުނުކަމުގެ ކުށް
ތިން މީހުންގެ މައްޗަށް ސާބިތުވެފައިވަނީ އަައިއެސްއާ ގުޅުނުކަމުގެ ކުށް
ރޮއިޓަރސް
އައިއެސް ހަނގުރާމަ
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ތިން ހަނގުރާމަވެރިއަކު މަރަން ހުކުމްކޮށްފި
އިރާގުގެ ކޯޓުގެ ނިންމުމާއި ގުޅިގެން ފްރާންސުން އަދި އެއްޗެއް ބުނެފައެއްނުވޭ
ޝަރީއަތް ހިންގުމަށްޓަކައި އެމީހުން އިރާގަށް ބަދަލުކޮށްފައިވަނީ ފެބްރުއަރީ މަހު
ތިން މީހުންނަކީ އަތުލައިގަތް ފްރާންސްގެ 12 މީހުންގެ ތެރޭ ހިމެނޭ ބައެއް

ހަނގުރާމަވެރި އައިއެސް ޖަމައާތާ ގުޅުނުކަން ސާބިތުވި ފްރާންސްގެ ތިން ރައްޔިތަކު މެރުމަށް އިރާގުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ކެވިން ގޮނޮޓް،ލިއޮނާޑް ލޮޕޭޒް،އަދި ސަލިމް މަޝޫގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރުމަށްވަނީ 30 ދުވަސް ދީފައިކަމަށް އޭއެފްޕީ ރިޕޯޓްކުރެއެވެ.

އެ ތިން މީހުންނަކީ އެމެރިކާގެ މަދަދާއެކު ހަނގުރާމަކުރަމުންދިޔަ ފައުޖުތަކުން ސީރިޔާއިން އަަތުލައިގަތް ފްރާންސްގެ 12 މީހުންގެ ތެރެއިން ތިން މީހުންނެވެ.

ޝަރީއަތް ހިންގުމަށްޓަކައި އެމީހުން އިރާގަށް ބަދަލުކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ.

މި މީހުންނަކީ އައިއެސްއާއި ގުޅުނުކަމުގެ ކުށުގައި މަރުގެ އަދަބު އިއްވުނު ފްރާންސްގެ ފުރަތަމަ ގްރޫޕެވެ.

އިރާގުގެ ކޯޓުގެ ނިންމުމާއި ގުޅިގެން ފްރާންސުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

ނަމަވެސް ފެބްރުއަރީ މަހު އެމީހުން އިރާގުގައި ހައްޔަރުކޮށް ޝަރީއަތް ފެށުމުން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންވަނީ އެ ކަމަކީ އިރާގުގެ ދާޚިލީ ކަމެއްކަމަށް ވިދާޅުވެ އެކަމާ ގުޅިގެންް އެއްޗެއް ވިދާޅުވާން ދެކޮޅުހައްދަވާފައެވެ.

ބޭއރު ގައުމުތަކުގެ އެތައް ހަނގުރާމަވެރިންނެއްގެ މައްޗަށް އިރާގުން މީގެ ކުރިން ހުކުމް ކޮށްފައިވާއިރު އެއްވެސް މީހެއްގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ މިފަދަ ހުކުމްތައް ކޮށްފައި ހުރީ އަނިޔާކުުރުމުގެ ތެރެއިން ވެފައިވާ އިއުތިރާފުން ނޫނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ވެގެން ނޫންކަމަށް ބުނެ ފާޑުކިޔަމުންނެވެ.

- ކޮމެންޓް