ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 13:41
ވެލެންސިއާ އާއި މޯހަން ބާގަން ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު
ވެލެންސިއާ އާއި މޯހަން ބާގަން ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު
މުހައްމަދު ޝަރުހާން
އޭފްއެފްސީކަޕް
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
 
ދެ ޓީމަށްވެސް މުހިތްމު މެޗެއް

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ދެވަނަ ލެގުގައި މިއަދު ވެލެންސިއާ ދެކޮޅަށް ނުކުންނަ މެޗު ފަސޭޙަކޮށް ނުލާނެ ކަމަށް މޯހަން ބާގަންގެ ކޯޗު ސަންޖޯއީ ސެން ބުނެފިއެވެ.

 

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ދެވަނަ ލެގުގައި އިންޑިއާގެ ކަލްކައްތާގައި މޯހަން ބާގަން އާއި ރާއްޖޭގެ ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން މޯހަން ބާގަންގްގެ ކޯޗު ސަން ޖޯއީ ބުނީ ވެލެންސިއާއަކީ ވަރުގަދަ ޓީމެއް ކަމަށެވެ.

 

ޖޯއީ ބުނީ ފުރަތަމަ މެޗުގައި އެޓީމުން ލީޑު ނެގި ނަމަވެސް ފަހުން ވެލެންސިއާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ދައްކާފަ ކަމަށާއި ވެލެންސިއާގެ ހިތްވަރުގަދަ ކުޅުމާ އެކު ނަތީޖާ ހަމަހަމަ ކުރި ކަމަށެވެ.

 

ޖޯއީ ބުނި ގޮތުގައި މިއަދުގެ މެޗުގައި ވެލެންސިއާ މެޗު އެޓީމުން ފަރުވާތެރި ވާނެއެވެ.

 

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއަދުގެ މެޗުގައި ވެސް ރަނގަޅު "ފައިޓް" އެއް ދޭނެ ކަމަށެވެ.

 

ފުރަތަމަ މެޗުގައި މޯހަން ބާގަން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރާ ނަތީޖާ ހަމަހަމަކުރެވުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށް ފެސްކޯ ބުންޏެވެ.

 

މޯހަން ބާގަންގެ ފުރަތަމަ 11 ގައި އާއްމުކޮށް ހިމެނެމުން އަންނަ ހަތަރު ކުޅުންތެރިއަކު މިއަދުގެ މެޗުގައި ވެސް އެ ޓީމުގައި ހިމަނާފައެއް ނުވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް