ކ. މާލެ
|
26 މެއި 2019 | އާދީއްތަ 14:57
ތޮޅި މިރުސް ބާޒާރުގައި ހުރީ ވަރަށް މަދުން
ތޮޅި މިރުސް ބާޒާރުގައި ހުރީ ވަރަށް މަދުން
ގޫގުލް
ތޮޅިިމިރުހުގެ އަގު އުފުލުން
ބާޒާރުގައި ތޮޅި މިރުހުގެ އަގު އުފުލިއްޖެ!
ތޮޅި މިރުސް މާރުކޭޓްގައި ހުރީ ވަރަށް މަދުން
ބޮޑެތި ކުރުނބާގެ އަގު ވެސް ވަނީ ދަށްވެފައި

ލޯކަލް މާރުކޭޓްގައި ތޮޅި މިރުހުގެ އަގު އުފުލިއްޖެއެވެ.

އާދީއްތަ ދުވަހު ލޯކަލް މާރުކޭޓްގައި ތޮޅި މިރުސް ކިލޯއެއް ހުރީ 500ރ. އަށެވެ. ލޯކަލް މާރުކޭޓްގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ތޮޅި މިރުހުގެ އަގު މިހާރު އުފުލިފައި ވަނީ މިރުސް ނުލިބުމުގެ ސަބަބުން ކަމަށާއި، ތޮޅި މިރުސް ގަންނަން ލިބެނީ އެންމެ މީހެއްގެ އަތުން ކަމަށެވެ.

ބާޒާރުގައި ކުރުނބާ އަގު ވެސް ވަނީ ދަށްވެފައެވެ. އާދީއްތަ ދުވަހު ބާޒާރުގައި ކުރުނބާގެ އަގުތައް ހުރީ 20ރ. އިން ފެށިގެން ގޮސް 30ރ. އާ ދެމެދުގެ އަގެއްގައެވެ. ބޮޑެތި ކުރުނބާ 20ރ. އަށް ހުރިއިރު ކުޑަ ސައިޒްގެ ކުރުނބާ ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައެވެ. ކުރުނބާ ފެން ވަކިން 1.5 ލީޓަރުގެ ފުޅީގައި ވިއްކަން ހުރީ 80ރ. އަށެވެ. މީގެ ކުރިން ކުރުނބާގެ އަގު ހުރީ 25ރ. އާއި 35ރ. އާ ދެމެދުގައެވެ. ކުރުނބާ ވިއްކާ ފަރާތްތަކުން ބުނީ ފުޅީގެ އަގު ދަށްވެފައި ވަނީ މާރުކޭޓްގައި ކުރުނބާ ގިނަވުމުގެ ސަބަބުން އަގު ވެއްޓުމުގެ ކަމަށެވެ.

ކަރާގެ އަގު ވަނީ ހުކުރުދުވަހަށް ވުރެ ބޮޑުވެފައެވެ. އާދީއްތަ ދުވަހު މާރުކޭޓްގައި ކަރާ ހުރީ ކިލޯއެއް 18ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައެވެ. ހުކުރުދުވަހު ބާޒާރުގައި ކަރާ ހުރީ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައެވެ.

ޕެއަރސްގެ އަގު ވެސް އާދީއްތަ ދުވަހު ވަނީ ދަށްވެފައެވެ. ބާޒާރުގައި ޕެއަރސް ކިލޯއެއް ހުރީ 65ރ. އިން 55ރ. އަށް ދަށްވެފައެވެ. މާރުކޭޓްގައި ޕެއަރސް ވިއްކާ ފަރާތްތަކުން ބުނީ ޕެއަރސްގެ އަގު ދަށްވެފައި ވަނީ އަގު ހެޔޮކޮށް ލިބޭތީ ކަމަށެވެ.

ރަމަޟާން މަހު ފެށިގެން މިހާތަނަށް އައިރު އަގު ބަދަލުނުވެ އެއް އަގެއްގައި ހުރީ ކޮޕީފަތެއެވެ. ކޮޕީފަތް ހޮނިހިރުދުވަހު މާރުކޭޓްގައި ހުރީ 10ރ. އަށް ބޮނޑިއެކެވެ.

- ކޮމެންޓް