ކ. މާލެ
|
26 މެއި 2019 | އާދީއްތަ 11:01
މުބާރާތް ވީހާ ވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން ވަނީ އަމާޒު ހިފާފައި
މުބާރާތް ވީހާ ވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން ވަނީ އަމާޒު ހިފާފައި
އަވަސް.އެމްވީ
މިސްޓަރ މޯލްޑިވްސް
"މިސްޓަރ މޯލްޑިވްސް 2020" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފަށައިގެން ވަނީ ހުޅުވާލާފައި
ސުންގަޑި ހަމަވާނީ އަންނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު

ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ''މިސްޓަރ މޯލްޑިވްސް 2020'' އަށް ކުރިމަތިލުމުގެ ހުޅުވާލައިފިއެވެ.

ހޮނިހިރު ދުވަހު ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، އެހެން ފަހަރުތަކާ ހިލާފަށް އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ އަހަރު ކަމުގައިވުމާއި އެކު މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން އަމާޒު ހިފާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިންނަށް އެކަންޏެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ، އަމިއްލަ ފަރުދުން، ޖިމް، ޖަމިއްޔާގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކަށެވެ.

މުބާރާތުގެ ރަޖިސްޓްރޭޝަން އާދިއްތަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުގެ 14:00 އެށެވެ. އެ ދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި، ހުށަހަޅާ ފޯމްގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

- ކޮމެންޓް