ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 22:41
އެރިއާނާ ގްރާންޑޭ އާއި އޭނާގެ ވެކްސް ސްޓެޗޫ
އެރިއާނާ ގްރާންޑޭ އާއި އޭނާގެ ވެކްސް ސްޓެޗޫ
ހިންދުސްތާނީ ޓައިމްސް
ހޮލީވުޑް
އެރިއާނާގެ ވެކްސް ސްޓެޗޫއަށް ފޭނުން ފާޑުކިޔައިފި
ފޭނުން ވަނީ ސޯޝަލް މީޑިއާގައި ސްޓެޗޫ އެރިއާނާ އާއި ވައްތަރު ނޫންކަމަށް ބުނެ ފާޑު ކިޔާފައި

ލަންޑަންގައި ހުންނަ މެޑަމް ތުސައުޑްސްގައި ބަހައްޓާފައި ހުރި އެމެރިކާގެ ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ ވެކްސް ސްޓެޗޫ ވަނީ މިހަފްތާ ތެރޭގައި ދައްކާލާފައެވެ.

ޕޮޕް ލަވަކިއުންތެރިޔާގެ މި ސްޓޭޗޫ ދައްކާލުމުން ފޭނުން ވަނީ ސޯޝަލް މީޑިއާގައި ސްޓެޗޫ އެރިއާނާ އާއި ވައްތަރު ނޫންކަމަށް ބުނެ އެއަށް ފާޑު ކިޔާފައެވެ.

ސޯޝަލް މީޑިއާގައި ސްޓެޗޫއަށް ކޮމެންޓް ކޮށްފައިވާ އެއް ފޭނަކު ބުނެފައިވަނީ ސްޓެޗޫ އެއްވެސް ވަރަކަށް އެރިއާނާ އާއި ވައްތަރު ނޫން ކަމަށެވެ. އަދި އެއަށްވުރެން ވައްތަރުވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އިތުރު ފޭނަކު ބުނެފައިވަނީ މޫނުގެ ފީޗާސްތައް އެރިއާނާ އާއި ވައްތަރު ނޫން ކަމަށެވެ. ނޭފަތާ ބުމަވެސް ވައްތަރު ނޫންކަން ފޭނުން ވަނީ ފާހަގަ ކޮށްފައެވެ.

މުޅި މޫނު ވެސް އެއްވެސް ވަރަކަށް އެރިއާނާ އާއި ވައްތަރު ނޫން ކަމަށް އިތުރު ފޭނަކު ވަނީ ބުނެފައެވެ. އަދި އެރިއާނާގެ ބުމަ ދުވަހަކު ވެސް އެހެން ނުހުންނަ ކަމަށް ވަނީ ބުނެފައެވެ.

ލަންޑަންގައި ބަހައްޓާފައި ހުރި މި ސްޓެޗޫ ބަލަން ބޭނުންވާ މީހުންނަށް ފެންނަ ގޮތަށް ކުރިއަށް އޮތް 5 ފަސްހަފްތާ ވަންދެން ބަހައްޓާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް