ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 22:04
އެޑަމް ލެވިން
އެޑަމް ލެވިން
އެންބީސީ
ދަ ވޮއިސް
16 ސީޒަނަށް ފަހު އެޑަމް ލެވިން 'ދަ ވޮއިސް' ދޫކޮށްލަނީ
އެޑަމް ޝޯވއަށް އަނބުރާ ނުދާން ނިންމިކަން އިއުލާންކޮށްފައިވަނީ ސީޒަން 16 ނިންމާލުމަށް ފަހު
2011 ވަނަ އަހަރު ފެށި މި ޝޯވ ގެ 16 ސީޒަން ނިމިފައިވާއިރު، ބައެއް ޖަޖުންތައް ވަނީ ބަދަލުވެފައި
އެޑަމްއަކީ ފުރަތަމަ ސީޒަން އިން ފެށިގެން ޖަޖެއްގެ ގޮތުގައި ހުރި ފަރާތެއް

އެމެރިކާގެ މަޝްހޫރު މިއުޒިކް ކޮމްޕެޓިޝަން ޝޯވ، 'ދަ ވޮއިސް'ގެ ޖަޖެއް ކަމަށްވާ އެޑަމް ލެވިން އެ ޝޯވ ދޫކޮށްލަން ނިންމައިފިއެވެ.

އެޑަމް ޝޯވއަށް އަނބުރާ ނުދާން ނިންމިކަން އިއުލާން ކޮށްފައިވަނީ ސީޒަން 16 ނިންމާލުމަށް ފަހުއެވެ. އެ ސީޒަން ނިމިފައިވަނީ މި މަހުގެ 21 ގައެވެ.

'މެރޫން ފައިވް' ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ، އެޑަމް ޝޯވ ދޫ ކުރަން ނިންމިކަން އިއުލާން ކޮށްފައިވަނީ އޭގެ ހޯސްޓް، ކާސަން ޑޭލީ، ހުކުރު ދުވަހު 'ދަ ޓުޑޭ ޝޯވ'އަށް ދިން އިންޓަވިއުއެއްގައެވެ.

އެޑަމްވެސް ވަނީ 'ދަ ވޮއިސް' ދޫކުރަން ނިންމުކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ.

ޝޯވގައި ހިމެނޭ އެންމެހާ ފަރާތްތަކަށް، ހާއްސަކޮށް ތައްޔާރު ކުރި މާކް ބެނެޓްއިން ފަށައިގެން، 'ދަ ވޮއިސް'އާ ގުޅުން ހުރި އިންޓަވިއުއަށް ދިއުމަށް ބާރު އެޅި އޭނާގެ މެނޭޖަރ ޖޯޑަންއަށް ވެސް އެޑަމް ޝުކުރު އަދާ ކުރިއެވެ.

'ދަ ވޮއިސް'ގެ އެންމެ މަތީ ޝަރަފު ތިން ފަހަރު ހޯދާފައިވާ އެޑަމް ބުނީ، އެ ޝޯވ އިން "މޫވް އޮން ކުރަނީ ވަގުތު ޖެހުމުން"ކަމަށެވެ.

އެޑަމްގެ މި ނިންމުން ވެގެން ދިޔައީ ޝޯވ ގެ ސަޕޯޓަރުންނަށް ބޮޑު ސަޕްރައިޒް އަކަށެވެ. ސަބަބަކީ، 'ދަ ވޮއިސް'ގެ 17 ވަނަ ސީޒަނަކަށް އަންނާނެ ކަމަށް އެންބީސީން ރިޕޯޓް ކޮށްފައިވާއިރު، އެޑަމްވެސް އަނބުރާ އަންނާނެކަން އިއުލާން ކޮށްފައިވާތީއެވެ. އޭނާގެ ބަދަލުގައި 17 ވަނަ ސީޒަންގައި ޖަޖެއްގެ ގޮތުގައި ފެންނާނީ ގްވެން ސްޓެފާނީއެވެ.

2011 ވަނަ އަހަރު ފެށި މި ޝޯވ ގެ 16 ސީޒަން ނިމިފައިވާއިރު، ބައެއް ޖަޖުންތައް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެޑަމްއަކީ ފުރަތަމަ ސީޒަން އިން ފެށިގެން ޖަޖެއްގެ ގޮތުގައި ހުރި ފަންނާނެކެވެ.

އެޑަމްގެ އިތުރުން، 'ދަ ވޮއިސް' ފެށުނު އިރު ޖަޖުންގެ ގޮތުގައި ތިބީ ބްލޭކް ޝެލްޓަން، ކްރިސްޓީނާ އެގުއިލާރާ އަދި ސީލޯ ގްރީންއެވެ.

'ދަ ވޮއިސް' ގެ އޮރިޖިނަލް ކާސްޓް. (ކ - ވ): ބްލޭކް ޝެލްޓަން، ކްރިސްޓީނާ އެގުއިލޭރާ، އެޑަމް ލެވިން، ސީލޯ ގްރީން އަދި ހޯސްޓް ކާސަން ޑޭލީ. ފޮޓޯ: އެންބީސީ

އެއަށް ފަހު ޝޯވއިން ފެނިފައިވާ ޖަޖުންގެ ތެރޭގައި އެލީޝާ ކީޒް، ގްވެން ސްޓެފާނީ، މައިލީ ސައިރަސް، އަޝަރ، ކެލީ ކްލާކްޗަން، ޖޯން ލެޖެންޑް، ޝަކީރާ، ޖެނިފަރ ހަޑްސަން އަދި ފެރަލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް