ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 21:23
ޑެނީ ވެލްބެކް
ޑެނީ ވެލްބެކް
ގެޓީ އިމޭޖަސް
ޑެނީ ވެލްބެކް
ވެލްބެކް ހޯދުމަށް އެވަޓަންއިން މަސައްކަތް ކުރަނީ
ވެލްބެކްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވޭ

އާސެނަލްއަށް ކުޅެމުން އައި އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް ހޯދުމަށް އެވަޓަންއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިވްނިން ސްޓޭޑާޑުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އުމުރުން 28 އަހަރުގެ ވެލްބެކް ހޯދުމަށް އެވަޓަންއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާސެނަލްއާއެކު ވެލްބެކް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާ ވަނީ އެއްބަސްވުން އާނުކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެވަޓަންއިން ބޭނުންވަނީ ވެލްބެކްގެ އެއްބަސްވުން ހަމަވުމުން ފްރީ ޓްރާންސްފާއެއްގެ ދަށުން އޭނާ އެވަޓަންއަށް ގެންދަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ވެލްބެކް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބަދަލުވުން އެންމެ ގާތީ އެވަޓަންއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑް އަދި ވެސްޓްހޭމްއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2008 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ވެލްބެކް ވަނީ އެ ކްލަބަށް 142 މެޗު ކުޅެ 29 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު، ފުޓްބޯލް ލީގު ކަޕް ދެ ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑުގައި ހުރެ ޕްރެސްޓަން ނޯތު އެންޑް އަދި ސަންޑަލޭންޑަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވާ ވެލްބެކް އާސެނަލްއަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

ވެލްބެކް ވަނީ އާސެނަލްއަށް ކުޅުނު 126 މެޗުގައި 32 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު އެފްއޭ ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ލީގް ކަޕްގެ ދެވަނަ ހޯދާފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 42 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައިވާ ވެލްބެކް ވަނީ 2007 ވަނަ އަހަރުގެ ސީޒަނުގައި ޖިމީ މާފީ ޔަންގް ޕްލޭޔާ އޮފް ދަ އިޔާ ހޯދާފައެވެ.

- ކޮމެންޓް