ކ. މާލެ
|
24 މެއި 2019 | ހުކުރު 19:04
ކީޕަރ އިމްރާން މުހައްމަދު (ވ)
ކީޕަރ އިމްރާން މުހައްމަދު (ވ)
ވީނިއުސް
އިމްރާން މުހައްމަދު (އިންމަ)
ފުޓުބޯޅަ ސީޒަނުގައި ނިއު ވާދަކުރާތަން ދެކެން ބޭނުން: އިންމަ
ނިއުއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނަން

ކުރިޔަށް އޮތް ފުޓުބޯޅަ ސީޒަނުގައި ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވާދަކުރާތަން ދެކެން ބޭނުންވާ ކަމަށް އެ ކްލަބުގެ ކުރީގެ ކެޕްޓަން އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

އިންމަ އޭނާގެ ފޭސްބުކްގައި ބުނީ، ނިއުއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، ކުރިޔަށް އޮތް ފުޓުބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އެޓީމުން ކުރަމުންދާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އެގޮތުން ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ އެންމެންވެސް ނިއުއަށް އެއްބާރުލުން ދިނުމަށް އިންމަ ވަނީ އެދިފައެވެ.

ނިއުއަށް މި ސީޒަނުގައި ކުޅެވޭނީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދައްކާ ނިންމުމުން ނުވަތަ ނިއުއާ ދެކޮޅަށް އެ ކްލަބުގެ ކުޅުންތެރިން އެފްއޭއެމްއަށް ހުށަހަޅާފައިވާ މުސާރައިގެ މައްސަލަތައް އަނބުރާ ނެގުމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނިއުއިން އަންނަނީ އެ ކްލަބާ ދެކޮޅަށް މައްސަލަ ހުށަހެޅި ކުޅުންތެރިންނާ މަޝްވަރާކުރަމުންނެވެ. އަދި އެ މައްސަލަތައް އަނބުރާ ނެގުމަށްވެސް ކްލަބުން އެދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ނިއުއިން ވަނީ ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކު ރަސްމީކޮށް މަޝްވަރާތައް ފަށާފައެވެ. އެ ކްލަބުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވާން ފަށާފައިވަނީ ކުޅުމުގެ އުންމީދު އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް