Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 18:06
ސިޔާސީ ޕާޓީތަކުން ބޭއްވި މަޝްވަރާތަކުގައި ލޭބާ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަނީ
ސިޔާސީ ޕާޓީތަކުން ބޭއްވި މަޝްވަރާތަކުގައި ލޭބާ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަނީ
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަންސް ކޮމިޝަން
ޕާޓީތަކުގެ އޮޑިޓް ރިޕޯޓުތަކާއި ކެންޑިޑޭޓު ކުރި ހަރަދު އާންމު ކުރަން ނިންމައިފި
ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމު ކުރަނީ އީސީގެ ވެބްސައިޓުގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކުރި ހަރަދު ބަޔާންކޮށް، އެ ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކާއި ޕާޓީތަކުގެ އޮޑިޓް ރިޕޯޓުތައް އާންމުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅީ 347 ކެންޑިޑޭޓުންނެވެ. އާ މަޖިލީހަށް އިންތިހާބުވި 87 މެމްބަރުން ހިމެނޭ ގޮތަށް ހުށަހަޅާފައިވާ މާލީ ބަޔާންތައް އާންމު ކުރަން އީސީން ނިންމާފައިވާކަން ހާމަކުރީ "ރާއްޖެޓީވީ" ފަލަސުރުހީ ޕްރޮގްރާމްގައި އެ ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމެވެ.

އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުން ހުށަހެޅި މާލީ ބަޔާންތައް އެ ކޮމިޝަންގެ ވެބްސައިޓަށް އަޕްލޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މާލީ ބަޔާންތަކަށް ބެލުމަށްފަހު، ކެންޑިޑޭޓުން އިންތިހާބުގައި ކުރި ހަރަދާއި ހުށަހަޅާފައިވާ ހަރަދާ ދިމާވޭތޯ ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

"ދެން ބައްލަވަންވީ ހަގީގަތުގައި ވެސް ހަރަދު ކުރީ އެ އަދަދަށްތޯ ދޮގުތޯ ނުވަތަ ތެދުތޯ. އަޅުގަނޑުމެން އެކަމުގައި ވަކި ފައިސަލާތަކެއް ކުރާކަށް ނެތިން،" އަކްރަމް ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިންނަށް ހަރަދު ކުރެއްވި ގޮތް ބަޔާންކޮށް ހުށަހެޅުއްވި މާލީ ބަޔާން އާންމު ނުކުރަނީ އެ މާލީ ބަޔާންތަކާ ގުޅިގެން، ކަންތައްތަކެއް އެ ކޮމިޝަނުން ބަލަމުންދާތީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ވެސް އާންމު ކުރާނެ ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނުވަ ޕާޓީއެއް މިހާރު ވެސް ހިންގަމުންދާއިރު، މިހާތަނަށް އެއްވެސް ޕާޓީއަކުން އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދިން ފައިސާ ހަރަދު ކުރި ގޮތް އާންމުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް