ކ. މާލެ
|
22 މެއި 2019 | ބުދަ 17:59
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ގޫގުލް
ބޮލީވުޑް
ވަރުންގެ ކައިވެނިގެ ހަފްލާ ބާއްވަނީ ގޯއާގައި؟
މި ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރުގައި

ބޮލީވުޑް އެކްޓަރ ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގޯއާގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގާތް މަސްދަރަކާ ހަވާލާދީ ޕިންކް ވިލާގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރުގައެވެ.

އަދި މި ކައިވެންޏަށް އާއިލާއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ގޯއާ ބީޗްގައި ބާއްވާ މި ހަފްލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން މި ކައިވެނީގެ ބޮޑު ހަފްލާއެއް މުމްބާއީގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނި ވަރަށް އަވަހަށް ކުރާނެ ކަމަށް އަޑުފެތުރުމުން އެކަމާ ގުޅޭ ގޮތުން ވަރުން ކުރިން ބުނެފައި ވަނީ އޭނާގެ ކައިވެނި މި އަހަރު ތެރޭގައި ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ގިނަ ފިލްމްތައް ކުރިއަށް ހުރުމާ އެކު އެކަމަށް ރަނގަޅު ވަގުތެއް ޖެހޭނީ ހޯދަން ކަމަށް ވަރުން ވަނީ ބުނެފައެވެ.

މި މަހުގެ ކުރީކޮޅު ވަރުންއާ އެކު ނަތާޝާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކޮށްފައެވެ. އެ ދެ މީހުން ވަނީ އުފަންދުވަސް ފާހަގަ ކުރުމަށް ނަގާފައި ހުރި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ކަލަންކް" އިންނެވެ. އޭނާ މިވަގުތު ދަނީ "ކޫލީ ނަމްބަރު 1" ގެ ރީމޭކް ކުޅުމަށް ތައްޔާރު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް