Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 17:19
ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ކަނޑޫދޫ ކައުންސިލް
ރައީސް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވައިފި
ކަނޑޫދޫ ރައްޔިތުންގެ މިހާރުގެ ހާލަތު ރައީސް އޮޅުން ފިލުއްވި
ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

Advertisement

ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ޚިދުމަތް ދޭނެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވައި ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަން ކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް