Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 17:39
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހައްވާ މުހައްމަދު
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ހޮސްޕިޓަލް ހިންގަން ވަގުތީ މެނޭޖަރެއް ހަމަޖައްސައިފި
ބ.އަތޮޅު ހޮސްޕިޓަލް ހިންގެވުމުގައި ވަހީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައި
ހިތަދޫ ހޮސްޕިޓަލްގެ ހިންގުން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމަށް ވަގުތީ މެނޭޖަރަކު ހަމަޖައްސަވައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިތަދޫ ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމަށް ހަވާލުކޮށްފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަހްމަދު ވަހީދުއާ ކަމަށެވެ.

Advertisement

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުން ވަހީދުއާ ހަވާލުކޮށްފައިވަނީ، ހިތަދޫ ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި ނިޔާވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހިތަދޫ ހޮސްޕިޓަލަށް އާ މެނޭޖަރެއް ހަމަޖައްސާފައި ވަނީ، އާ ސަރުކާރާ އެކު ވެސް އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ، އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް