Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 14:37
ހޯމް މިނިސްޓަރު އިމްރާން ޖަލު ލައިބްރަރީއަށް ފޮތެއް ހަދިޔާ ކުރަނީ
ހޯމް މިނިސްޓަރު އިމްރާން ޖަލު ލައިބްރަރީއަށް ފޮތެއް ހަދިޔާ ކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
ހޯމް މިނިސްޓަރު އިމްރާން
ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެވޭނީ އެންމެންގެ ވިސްނުމަށް ހެޔޮ ބަދަލު ގެނެސްގެން: އިމްރާން
ތިން ފޮތެއް ވަނީ ހަދިޔާ ކޮށްފައި
ޖަލުގެ ލައިބްރަރީ މުއްސަނދި ކުރެވޭނީ އެންމެންގެ އެހީތެރިކަމާއި އެކުކަމަށް ވިދާޅުވި

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ހުރިހާ އެންމެންގެ ވިސްނުމަށް ހެޔޮބަދަލު ގެނައުން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލުތަކުގެ ގައިދިން ފޮތް ކިޔުމަށް އަހުލުވެރި ކުރުވުމުގެ ގޮތުން މިނިސްޓަރު އިމްރާން އިސްނަންގަވައިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ބުދަ ދުވަހު ހެނދުނު އަމީނިއްޔާ ސްކޫލުގައި ފެށި ޕްރޮގްރާމްގައި، އާއްމުންނަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހޯމް މިނިސްޓަރު އިމްރާން ޖަލުގައި ހުންނެވި އިރު ކިޔުއްވި ތިން ފޮތެއް ވަނީ ލައިބްރަރީ އަށް ހަދިޔާ ކޮށްފައެވެ.

Advertisement

އެއީ، ސްޓެޕެން އާރް. ކޯވޭގެ '' ދަ ސެވެން ހެބިޓްސް އޮފް ހައިލީ އެފެކްޓިވް ޕީޕަލްއާ'' ޖެފެރީ އާޗާގެ ފެލްސް އިމްޕްރެޝަންއާ އުމް އަބްދުއްރަހްމާން ސަކީނާ ހިޝްފަލްޑާރ ލިޔެފައިވާ ދީނީ ފޮތެއް ކަމަށްވާ '' ހޫ އިޒް ﷲ'' އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މީހަކު ކުރާ ކުށެއްގެ ސަބަބުން އެމީހަކު ޖަލުގައި ބަންދުވުމަކީ އެމީހެއްގެ ހުނަރުވެރިކަމުން މަހުރޫމް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޖަލުގައި ގިނަ ދުވަސްތަކެއް އުޅުއްވަން ޖެހިވަޑައިގަތް އިމްރާން ވިދާޅުވީ، ޖަލުގައި ހޭދަކުރާ ވަގުތަކީ އުގެނުމާއި ދަސްކުރުމަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ ކަމާއި، ޖަލުތަކުގެ ހާލު ރަނގަޅު ކުރުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

އާދެ އަޅުގަނޑުމެން އެކަމާއި ހަވާލުވެގެން ތިބޭ މީހުންގެ ވިސްނުމަށް ހެޔޮބަދަލު އައުން ޖަލުތަކުގައި ބަންދުކުރެވި ގައިދީންގެ ވިސްނުމަށް ހެޔޮ ބަދަލު ގެނައުން. ހެޔޮ ބަދަލު ގެންނަން ފެށޭ ހިސާބަކީ އިތުރު އިލްމާއި އިތުރު މައުލޫމާތު ލިބިގަތުން މިނިސްޓަރު ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ޖަލުތަކުގެ ލައިބްރަރީތައް އެކަށީގެންވާ ވަރަށް މުއްސަނދިކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ވެގެންދާނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާ ބޮޑު ބާރަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒްއާ ހޯމް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ބައިވެރިވިއެވެ.

ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އަމީނިއްޔާ ސްކޫލްގެ ހޯލްގައި ކުރިޔަށްދާނެއެވެ.

ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އޮންނާނީ ހެނދުނު 10:00 ން 15:00 އަށް އަދި ރޭގަނޑު 21:00 ން 23:00 އަށެވެ. ހުކުރު ދުވަހު އޮންނާނީ ރޭގަނޑު 21:00 ން 23:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް