Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 11:45
19 ވަނަ މަޖިލިސްގެ ހުރިހާ މެމްބަރުން އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާނެ
19 ވަނަ މަޖިލިސްގެ ހުރިހާ މެމްބަރުން އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާނެ
މަޖިލިސް
ައޮރިއެންޓޭޝަން ޕްރޮގްރާމް
މެމްބަރުންނަށް ޚާއްސަ ކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް 26 ގައި
އޮރިއެންޓޭޝަން ޕްރޮގްރާމަކީ މަޖިލީހުގެ ކަންކަމަށް މެމްބަރުން އަހުލުވެރި ކުރުމަށް ބާއްވާ ޕްރޮގްރާމެއް
18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައި

ކޮންމެ އާ މަޖިލީހަކަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލިސް އިދާރާއިން ބުނީ އޮރިއެންޓޭޝަން އޮތީ 26 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

މަޖިލިސް މެމްބަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމަކީ ކޮންމެ ފަސް އަހަރުން އާ މަޖިލީހެއް އިންތިޚާބު ކުރެވޭއިރު، މަޖިލީހުގެ ކަންތައްތަކަށް މެމްބަރުން އަހުލުވެރި ކުރުވުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

މެމްބަރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައި، މެމްބަރުން ޗެމްބަރަށް އަހުލުވެރިކުރުމާއި، ވޯޓް ސިސްޓަމާއި، މައިކް ސިސްޓަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އޮރިއެންޓޭޝަން ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަޖިލިސް ފެށުމުގެ ކުރިން މެމްބަރުން ބޭނުންވާ މުހިއްމު މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައެވެ.

Advertisement

އާ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 9.30 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އާ މަޖިލިސް ހުވާ ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގިނަ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް