Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 11:20
ބެޑްމިންޓަން ކޮމްޕްލެކްސް ތަރައްގީ ކުރަނީ ބައިނަލް އަގްވާމީ މުބާރާތްތައްވެސް ކުޅެވޭ ގޮތަށް
ބެޑްމިންޓަން ކޮމްޕްލެކްސް ތަރައްގީ ކުރަނީ ބައިނަލް އަގްވާމީ މުބާރާތްތައްވެސް ކުޅެވޭ ގޮތަށް
އައްޑޫ ސިޓީ ކައުންސިލް
ބެޑްމިންޓަން ކޮމްޕްލެކްސް
އައްޑޫސިޓީގައި ބެންޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އޭޕީސީ އާއި ހަވާލުކޮށްފި
މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 120 ދުވަހުގެ ތެރޭގައި

އައްޑޫސިޓީގައި ބެންޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ އަންގާރަ ދުވަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިމަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ޖުމްލަ 6،061،191.4ރ ( ހަ މިލިޔަން ފަސްދޮޅަސް އެއްހާސް އެއް ސަތޭކަ ނުވަ ދިހަ އެއް ރުފިޔާ ހަތަރު ލާރި) ޚަރަދުކޮށްގެން އަޅާ މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އައްޑޫސިޓީއަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫސިޓީގެ ތަރައްގީގެ 5.4 ބިލިޔަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ވަނީ އިއުލާން ކުރައްވާފައެވެ. އެ ޕްރޮޖެކްޓަކީ ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް