Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 11:16
ދ. ވާނީގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން
ދ. ވާނީގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން
ޕޮލިސް
އިންޑިއާ-ރާއްޖެ
ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފި
ޓްރެއިނިންގ ސްކޫލުގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ރުފިޔާ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަ ކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އިޖްތިމާއީ- އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.

Advertisement

މިނިސްޓްރީން ބުނީ މި ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް