Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 11:11
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް
ޝުއައިބް މުހައްމަދު އިގްބާލް
ޒުވާނުންގެ ފަރާތުން އެއްބާރުލުން ލިބޭ
ސަރުކާރުން ކޮށްދޭ ކަންކަން ޒުވާނުން ބަލައި ގަންނަނީ އުފަލާއި އެކު: މިނިސްޓަރ މަހްލޫފް
ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާ ހޯދައިދޭން އެހީތެރިވެ އެކަމަށް މަސައްކަތް ކޮށްދޭނަން
ސަރުކާރުގެ ތެރެއިން ކުރެވޭ މަސައްކަތް ތަކުން ވަޒީފާގެ ކަންބޮޑުވުން ފިލައިގެން ދާނެ ކަމަށް އުއްމީދު ކުރަން
ފޯރަމްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ދާނެ

ޒުވާނުންނަށްޓަކައި ސަރުކާރުން ކޮށްދޭ ކަންކަން އެޒުވާނުން ބަލައިގަންނަނީ އުފަލާއި އެކު ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ސޯސަލް ސެންޓަރުގެ ސެމިނާ ރޫމްގައި "ޒުވާނުންގެ ހޮޅުއަށި" ގެ ނަމުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މިހާ ހިސާބަށް އައިއިރު 100 ވަރަކަށް ރަށައް ދަތުރު ކޮށްފައިވާއިރު ކޮންމެ ރަށަކުން ވެސް ޒުވާނުންނާއި ބައްދަލު ކުރާ ކަމަށެވެ. އަދި ފިރިހެން ކުދިންނެކޭ އެއްގޮތަށް އަންހެން ކުދިންނާ ވެސް ބައްދަލުވެފައި އެބަހުރި ކަމަށާއި އަދި ކޮންމެ ރަށެއްގެ ވެސް ޗެލެންޖިން ކަންތައްތަކެއް ހުންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ހިތުގައި ހުންނަ އުދާސްތައް މިފަދަ ބައްދަލުވުންތަކުން އެނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެޒުވާނުން އައިސް ބައްދަލުކޮށް އެކުދިންގެ އެ ކަންކަން ޝެއާ ކުރުމަކީ އެއީ މަރުހަބާ ކިޔާކަމެއް. ވީވަރަކުން މަސައްކަތް ކުރަމުންދާނީ އެމީހުންގެ އެދުންތައް ފުރިހަމަ ކޮށްދިނުމަށް." މަހްލޫފު ވިދާޅުވިއެވެ.

މިހާރު ވެސް ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާ ނެތުމުގެ ކަންބޮޑުވުން ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުން 95000 ވަޒީފާ އުފައްދައިފީމޭ ކިޔައިގެން ހެދީ ހުސް ދޮގު ކަމަށާއި އަދި އެފަދަ އެއްވެސް މަސައްކަތެއް ޔޫތު މިނިސްޓްރީ ތެރެއިންވެސް ކޮށްފައި ނުވާކަމަށެވެ.

Advertisement

މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަކީ ޔޫތް މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް ވަޒީފާ ނުލިބި ޒުވާނުންގެ ބޮޑު ބަޔަކު އަދިވެސް ތިބީމަ އެކުދިންނަށް ވަޒީފާ ހޯދައިދޭން އެހީތެރިވެ މަސައްކަތް ކޮށްދިނުމަކީ ޔޫތު މިނިސްޓްރީގެ ވެސް ޒިންމާއެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަދި ސަރުކާރުގެ ތެރެއިން ކުރެވޭ މަސައްކަތް ތަކުން މިކަންކަމަށް އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ .

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " ޒުވާނުންގެ ހޮޅުއަށި" ގެ ފުރަތަމަ ފޯރަމްގެ މައުޟޫއަކީ " ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު" އެވެ

މި ފޯރަމްތަކުގައި ކަމާއި ގުޅުންހުރި އިދާރާތަކުން ބޭފުޅުން ވަޑައިގެން ޒުވާނުންނާއި ގުޅުންހުރި އެކިއެކި މައުޟޫތަކަށް ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް