Advertisement
ކ. މާލެ
|
21 މެއި 2019 | އަންގާރަ 23:36
އެމްއެންޑީއެފުން ކުރިއަށް ގެންދާ ތަމްރީންގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށް ގެންދާ ތަމްރީންގެ ތެރެއިން
ޓްވިޓަރ
އެމްއެންޑީއެފް
ފަރިތަކުރުންތަކަކީ ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ކަމެއް ނޫން: އެމްއެންޑީއެފް
މިއީ ސިލްސިލާގެ ދެ ވަނަ ތަމްރީންތައް
ޝައްކުވާޒާތުގެ ކަމެއް ހިނގާނަމަ މައުލޫމާތު ހިއްސާ ކުރަން އެދުނު

އެމްއެންޑީއެފުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި އިތުރުކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ މި މަހު ފަސް ވަނަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަންގާރަ ދުވަހު ފެށުނީ އެ ސިލްސިލާގެ ދެ ވަނަ ތަމްރީންތައް ކަމަށާއި، ކުރިއަށް ގެންދާ އެ ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށެވެ.

Advertisement

ނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށް ވަނީ ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާދޭން އުޅޭ ކަމަށް ބުނެ، ބަޔަކު އަޑުފަތުރަމުންދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް