ކ. މާލެ
|
21 މެއި 2019 | އަންގާރަ 23:55
ސަލްމާން ޚާން
ސަލްމާން ޚާން
އައިޝަތު ޝާނީ
ބޮލީވުޑް
ޕްރިޔަންކާ "ބާރަތު" ދޫކޮށްލުމުން އެކަމަށް އަބަދު ވެސް ޝުކުރުވެރިވާނަން: ސަލްމާން
ޕްރިޔަންކާ "ބާރަތް" ދޫކޮށްލިކަމަށް ބުނެފައިވަނީ ޝޫޓިން ފެށުމަށް ފަސް ދުވަހަށް ވެފައި ވަނިކޮށް

ސަލްމާން ޚާންގެ އަންނަން އޮތް ފިލްމް "ބާރަތު" ގައި އޭނާއާ އެކު ލީޑް ރޯލުކުޅުމަށް ކުރިން ހަމަޖެހިފައިވާ ޕްރިޔަންކާ ޗޯޕްރާ އެ ރޯލް ދުކޮށްލުމުން އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވެރި ވާނެ ކަމަށް ސަލްމާން ޚާން ބުނެފިއެވެ.

ސަލްމާން ބުނެފައިވަނީ ޕްރިޔަންކާ "ބާރަތު" ދޫކޮށް ނުލި ނަމަ އަނެއްކާ ވެސް ކެޓްރީނާއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނީސް ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އަބަދުވެސް ޕްރިޔަންކާއަށް ޝުކުރުވެރިވާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ބުނެފައިވަނީ ޕްރިޔަންކާ "ބާރަތު" ދޫކޮށްލި ކަމަށް ބުނެފައި ވަނީ ޕްރިޔަންކާ އެ ފިލްމްގެ ޝޫޓިން ފެށުމަށް ފަސް ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.

ސަލްމާން ބުނެފައިވަނީ ޕްރިޔަންކާ ކައިވެނި ކުރުމަށް ވަގުތު ހުސްކުރުމަށް "ބާރަތު" ގައި މަސައްކަތް ކުރެވެން ނެތް ކަމަށް ބުނި ކަމަށެވެ. ޕްރިޔަންކާއަށް ފަސޭހަ ވަގުތެއްގައި ފިލްމް ޝޫޓް ކުރުމަށް ޕްރިޔަންކާގެ ކިބައިން އެދުނު ކަމަށް ސަލްމާނު ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކައިވެނީގެ ތައްޔާރީތަކަށް ދާނީ ކިހާ ވަގެއްކަން ބުނެދޭން ނޭންގޭ ކަމަށް ޕްރިޔަންކާ ބުނި ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

"ބާރަތު" ވެގެން ގޮސްފައި ވަނީ ހޮލީވުޑްގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު ޕްރިޔަންކާ އަލުން އެނބުރި ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރުމަށް ނިންމި ފުރަތަމަ ފިލްމަށެވެ.

މި ފިލްމް ޕްރިޔަންކާ ދޫކޮށްލިކަން އިއުލާން ކޮށްފައިވަނީ ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައެވެ. އަލީ އަލީގެ ޓްވީޓްގައި ބުނެފައި ވަނީ ޕްރިޔަންކާ އެ ފިލްމް ދޫކޮށްލާފައިވަނީ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ކަމަށެވެ.

ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީ ބުނެފައި ވަނީ އޭނާ އަބަދުވެސް ބޭނުންވީ "ބާރަތު" ގެ ލީޑްރޯލަށް ކެޓްރީނާ ކަމަށާއި ޕްރިޔަންކާއަކީ އަލީގެ ޗޮއިސް ކަމަށެވެ. އަދި އަތުލް އަށް ޕްރިޔަންކާ ފިލްމް ދޫކޮށްލިކަން އިނގުނީ ފިލްމް ސެޓުން ކަމަށާއި ޕްރިޔަންކާ އެ ފިލްމް ދުކޮށްލިކަން އޭނާ އަށް އަދިވެސް އަންގާފައި ނުވާ ކަމަށެވެ.

- ކޮމެންޓް