ކ. މާލެ
|
20 މެއި 2019 | ހޯމަ 19:12
ރައީސް ސޯލިހަށް (ކ) އޮނަރީ މެމްބަރކަން އަރުވަނީ
ރައީސް ސޯލިހަށް (ކ) އޮނަރީ މެމްބަރކަން އަރުވަނީ
ރައީސް އޮފީސް
މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް
މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ސޯލިހަށް އަރުވައިފި
މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާ ރައީސް ސޯލިހު ވަނީ ބައްދަލުކޮށްފައި

މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް އަރުވައިފިއެވެ.

ރައީސް ސޯލިހަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުކުރެއްވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާ ކުރެއްވިއެވެ. އަދި ވޮލީގެ ދާއިރާއާ ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ މަޢުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއި ހިއްސާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް