Advertisement
ކ. މާލެ
|
20 މެއި 2019 | ހޯމަ 15:54
އޭސީސީގެ އޮފީސް
އޭސީސީގެ އޮފީސް
މުހައްމަދު ޝަރުހާން
އެންޓި ކަރަޕްޝަން ކަމިޝަން
މަޖިލިސް އިންތިޚާބާ ގުޅޭ މައްސަލަތަކުގެ ތެރެއިން ކަރަޕްޝަން އެކުލެވޭ ހަތަރު މައްސަލައެއް
އިންތިޚާބާއި ބެހޭ ގޮތުން އޭސީސީއަށް ހުށައަޅާފައިވަނީ ޖުމްލަ 22 މައްސަލަ

އޭސީސީއިން ބުނީ މިހާތަނަށް ބެލި 16 މައްސަލަތަކުގެ ތެރެއިން ކަރަޕްޝަންގެ ގޮތުގައި ބެލެވުނު ހަތަރު މައްސަލައިގެ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާހުރިކަމަށް ބެލެވޭތޯއާއި ދައުވާ ކުރުމާގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އެކަމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފުރިހަމަކުރަމުން ދާ ކަމަށެވެ.

Advertisement

ހަތަރު މައްސަލައެއް ކަރަޕްޝަންގެ ގޮތުގައި ފާހަގަ ވެފައިވާކަމަށް އޭސީސީއިން ބުނެފައިވާއިރު ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި އިންތިޚާބުގެ ކުރިން ވެސް އެ ކަމިޝަނުން ވަނީ ބައެއް ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އޭ.ސީ.ސީއިން އިސްނަގައިގެން އަދި އެކި ފަރާތްތަކުން އޭ.ސީ.ސީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކެވެ. އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އިންތިޚާބީ ކޮރަޕްޝަންގެ ޖުމްލަ 22 މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެވެ.

އޭސީސީ އިން ބުނީ މިހާތަނަށް ބެލި 16 މައްސަލަތަކުގެ ތެރެއިން ކަރަޕްޝަންގެ ގޮތުގައި ބެލެވުނު ހަތަރު މައްސަލައިގެ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާހުރިކަމަށް ބެލެވޭތޯ އާއި ދައުވާ ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު އެ ކަމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފުރިހަމަކުރަމުން ދާ ކަމަށެވެ.

ހަތަރު މައްސަލައެއް ކަރަޕްޝަންގެ ގޮތުގައި ފާހަގަ ވެފައިވާކަމަށް އޭސީސީއިން ބުނެފައިވާއިރު ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި އިންތިޚާބުގެ ކުރިން ވެސް އެ ކަމިޝަނުން ވަނީ ބައެއް ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް