Advertisement
ކ. މާލެ
|
20 މެއި 2019 | ހޯމަ 13:09
އެމްޓީސީސީގެ ސްޕީޑް ބޯޓެއް
އެމްޓީސީސީގެ ސްޕީޑް ބޯޓެއް
މޯލްޑިވްސް އިންސައިޑަރ
ބެޓެރީއެއް ގޮވުމުގެ ހާދިސާ
ބެޓެރީއެއް ގޮވައި ދެ މީހަކު ފިހިއްޖެ
ހާދިސާ ހިނގާފައިވަނީ ހެނދުނުގެ ވަގުތެއްގައި
ތިން މީހަކަށް ވަނީ އަނިޔާވެފައި

ހުޅުމާލެ '' ލަކުޑި ޖެޓީ'' ގައި އޮތް އެމްޓީސީސީ އެކްސްޕްރެސް ލޯންޗެއްގެ ބެޓެރީ އެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ '' ލަކުޑި ޖެޓީ'' ގައި އޮތް އެމްޓީސީ ލޯންޗެއްގެ ޕެޓްރޯލް ޕަމްޕު ސްވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ސްޕާކް ވެގެން ބާރު އަޑަކާއެކު ބެޓެރީ ގޮވުމުގެ ސަބަބުން ކަމަށެވެ.

Advertisement

ބެޓެރީ ގޮވުމުގެ ސަބަބުން ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތިން ވަނަ މީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ އާޝިޔާ ސޯލިހު ވިދާޅުވީ، 11:15 އެހާކަށް ހާއިރު ހޮސްޕިޓަލަށް ދެމީހަކު ގެނެސް ފަރުވާދެމުންދާ ކަމަށެވެ. އަނިޔާވީ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް