Advertisement
ކ. މާލެ
|
20 މެއި 2019 | ހޯމަ 13:10
މާލޭ ކޮމާޝަލް ހާބަރު
މާލޭ ކޮމާޝަލް ހާބަރު
ކަސްޓަމްސް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
އެމްޕީއެލްގެ އިސް ތިން މަގާމެއް އުވާލައިފި
އުވާލި މަގާމުތަކުގެ ބަދަލުގައި އައު މަގާމުތަކެއް ނުއުފައްދާ
މަގާމުތައް އުވާލީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ އިސް ތިން މަގާމެއް އުވާލަން އެ ކުުންފުނިން ނިންމައިފިއެވެ.

އެމްޕީއެލްއިން އުވާލާފައިވާ މަގާމުތަކަކީ އެސިސްޓެންޓް ސީއީއޯގެ މަގާމާއި ސެކިއުރިޓީ ޑިޕާޓްމަންޓްގެ ހެޑަކަށް ހުރި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޕްރޮކިއުމެންޓް ހެޑްގެ މަގާމެވެ.

އެ މަގާމުތައް އުވާލަން އެމްޕީއެލްގެ ބޯޑުން ނިންމީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ހޯމަ ދުވަހުން ފެށިގެން އުވާލާފައިވާ މަގާމުތައް އުވާލުމުގެ މަސައްކަތް ކުރަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވެއެވެ.

Advertisement

މި މަގާމުތަކުގެ ބަދަލުގައި އިތުރު މަގާމެއް އުފައްދާފައި ނުވި ނަމަވެސް، އުވާލި މަގާމުތަކުގެ މަސްއޫލިއްޔަތާއި އެކު އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމު މީގެ ކުރިން އުފައްދާފައިވާ ކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް