Advertisement
ކ. މާލެ
|
20 މެއި 2019 | ހޯމަ 02:02
މާލޭގައި ފެންބޮޑުވެ، ކުޑަކުއްޖަކު އުރައިގެން އަންހެނަކު މަގެއްގައި ހިނގާފައި ދަނީ
މާލޭގައި ފެންބޮޑުވެ، ކުޑަކުއްޖަކު އުރައިގެން އަންހެނަކު މަގެއްގައި ހިނގާފައި ދަނީ
ސަން
ރާއްޖެ މޫސުން
ހަފްތާއެއްހާ ދުވަހަށް ރާއްޖެއަށް ވިއްސާރަ ކުރާނެ
ހަތް އަތޮޅަކަށް މިރޭ ލެޔޯ އެލާޓް ވެސް ނެރުނު

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް ސެންޓަރުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ކުރަމުންދާ ވިއްސާރާގައި ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށެވެ.

Advertisement

ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެތީ، މެޓް އޮފީހުން އާދީއްތަ ދުވަހުގެ ރޭ މެންދަމު ވަނީ ތިން ގަޑިއިރަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރުނީ ޅ އަތޮޅާއި ކ، އއ، އދ، ވ، މ އިތުރުން ފ. އަތޮޅަށެވެ.

މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓާ "ރާއްޖެއެމް"އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް އަދި "ޑިކްލެއާ" ނުކުރާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް