ކ. މާލެ
|
19 މެއި 2019 | އާދީއްތަ 19:41
އެމްބީބީއޭގެ އާ އެކްސްކޯ
އެމްބީބީއޭގެ އާ އެކްސްކޯ
އެމްބީބީއޭ
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން
އެމްބީބީއޭ އިންތިހާބު: ދެވަނަ ދައުރަކަށް އަބްދުﷲ އަރީފް އިންތިހާބުކޮށްފި
ނައިބު ރައީސްއަކަށް އިންތިހާބުކުރީ އަހުމަދު އަފްނާން

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އަބްދުﷲ އަރީފް އިންތިހާބުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައި އަބްދުﷲ އަރީފް ރައީސް ކަމަށް އިންތިހާބުކުރީ، އެމްބީބީއޭގެ އެކްސްކޯ އެކުލަވާލުމަށް ނެގި ވޯޓުގެ އަގުލަބިއްޔަތު ހޯދައިގެންނެވެ.

ރައީސް ކަމަށް އަބްދުﷲ އަރީފް އިންތިހާބުކުރިއިރު، ނާއިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ އަހުމަދު އަފްނާންއެވެ. ސެކެޓްރީގެ މަގާމަށް ރާމިޒް އިބްރާހިމް ހޮވިއިރު، ހަޒާންދާރުގެ މަގާމަށް ހޮވާފައި ވަނީ ފަހަދު ޝިހާމްއެވެ.

މީގެ އިތުރުން، އަހަރީ އާންމު ޖަލްސާގައި ވަނީ އެމްބީބީއޭ އިން މި އަހަރަށް ރާވާފައިވާ މުބާރާތްތަކުގެ ކަލަންޑަރު ވެސް އިއުލާންކޮށްފައެވެ.

އެގޮތުން މިއަހަރު އެމްބީބީއޭގެ ކަލަންޑަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، މުޅިން އަލަށް ރާއްޖޭގައި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމުގެ އިތުރުން، އެމްބީބީއޭ އެނުއަލް ނައިޓް ވެސް ބާއްވަން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް