Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 18:01
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް
ހައްވާ މުހައްމަދު
ޗީފް އޮފް ޑިފެންސް ފޯސް
ޗީފް އޮފް ޑިފެންސްފޯސް އެމެރިކާޔަށް ފުރާވަޑައިގެންފި
ސިމްޕޯޒިއަމް ކުރިއަށް ދާނީ މެއިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް

"ލެންފެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާދިއްތަ ދުވަހުގެ މެންދުރުފަހު އެމެރިކާއަށް ފުރާ ވަޑައިގެންފިއެވެ.

އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމަށް ބާއްވާ މި ސިމްޕޯޒިއަމް ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލކަށް އެމެރިކާގެ ހަވާއީގައެވެ.

Advertisement

މި ދަތުރުފުޅުގައި ޗީފްއޮފް ޑިފެންސް ފޯސްގެ އަރިއަހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސްފޯސް އަށް ވެލާނާ އިންޓާރ ނޭޝަނަން އެއާރޕޯޓުން އަލްވަދާއު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރެލް އަބްދުއްރަހީމް އަބްދުލް ލަތީފާއި ޖެނެރަލް އޮފިސަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް