ކ. މާލެ
|
19 މެއި 2019 | އާދީއްތަ 15:39
އަރްޖުން ރާމްޕަލް އާއި ގެބްރިއެއްލާ ޑިމިޓްރިއޭޑްސް
އަރްޖުން ރާމްޕަލް އާއި ގެބްރިއެއްލާ ޑިމިޓްރިއޭޑްސް
އިންސްޓަގްރާމް
އަރްޖުން ރާމްޕަލް
އަރްޖުން ރާމްޕަލް އާއި ލޯބިވެރިޔާ ޗުއްޓީ ހޭދަ ކުރަން ރާއްޖޭއަށް!
އެ މީހުން ޗުއްޓީ ހޭދަ ކުރަނީ އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓްގައި
ގެބްރިއެއްލާ އަކީ ދެކުނު އެފްރިކާގެ މޮޑެލް އަދި އެކްޓްރެސްއެއް
އަރްޖުން އާއި އަނބިމީހާ މެހެރް، 20 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވެފައިވަނީ 2018 ވަނަ އަހަރު

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި، އަރްޖުން ރާމްޕަލް އާއި ލޯބިވެރިޔާ ގެބްރިއެއްލާ ޑިމިޓްރިއޭޑްސް ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ ހޮނިހިރު ދުވަހު އެވެ. އަދި އަރްޖުންގެ އިންސްޓަގްރާމް އިން އިނގޭ ގޮތުގައި، އެ މީހުން ޗުއްޓީ ހޭދަ ކުރަނީ އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓްގައެވެ.

"މިއަށް ހޭލެވުމުން، ނިޢުމަތްތައް ލިބިގެންވާކަން އިނގޭ،" އަރްޖުން އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯގެ ކެޕްޝަންގައި ޖަހާފައިވެއެވެ.

46 އަހަރުގެ އަރްޖުން، ގެބްރިއެއްލާ، 32،ގެ ފޮޓޯއެއް އެންމެ ފުރަތަމަ ޝެއާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. ކެޕްޝަންގައި ޖަހާފައިވަނީ 'އެންޑްލެސް ލަވް"އެވެ. އެއަށް ފަހު ވެސް ގެބްރިއެއްލާގެ ގިނަ ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ އިރު، އެންމެ ފަހުން އޭނާގެ ޕޯސްޓެއްކޮށްފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހެވެ.

ގެބްރިއެއްލާ ވެސް ވަނީ ރާއްޖެ އައުމަށްފަހު ފޮޓޯތަކެއް ޝެއާކޮށްފައެވެ. އަދި އޭނާ އެންމެ ފުރަތަމަ އަރްޖުންގެ ޕޯސްޓެއް ކޮށްފައިވަނީ ނޮވެމްބަރު މަހެވެ.

View this post on Instagram

Tropic of Aries

A post shared by Gabriella Demetriades (@gabriellademetriades) on

އަރްޖުންގެ ދަރިއަކަށް އޭނާ ބަލިވެއިންކަން ގެބްރިއެއްލާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭޕްރިލް 23 ގައި އިއުލާންކޮށްފައެވެ.

އަރްޖުން އާއި އަނބިމީހާ މެހެރް ޖެސީއާ، 20 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވެފައިވަނީ 2018 ވަނަ އަހަރުގެ މޭ މަހުއެވެ. ދެ މީހުންގެ ދެ އަންހެން ކުދިންވެސް ތިބެއެވެ.

އަރްޖުން އާއި މެހެރް ވަރިވެފައިވީ ނަމަވެސް، އޭނާއާއި ގެބްރިއެއްލާގެ ފޮޓޯތައް ޝެއާ ކުރުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް